twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބީއެމްއެލް ހިދުމަތް ފުޅާކުރުމަށް ބޭންކުގެ އެގްޒެކްޓިވް ޓީމަށް ބަދަލުތަކެއް ގެނެސްފި

Dec 15, 2016

ބޭންކް އޮފް މޯލްޑިވްސް ގެ ހިދުމަތް ފުޅާކުރުމަށް އެކުލަވާލާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބޭންކުގެ އެގްޒެކްޓިވް ޓީމަށް ބަދަލުތަކެއް ގެނެސްފި އެވެ.

ބޭއްކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 2017 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެކުލަވާލާފައިވާ ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭންކުގެ އެގްޒެކްޓިވް ޓީމަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށާއި މަގާމު ބަދަވާ ބޭފުޅުން މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރަން ފައްޓަވާނީ 2 ޖަނަވަރީ 2017 އިން ފެށިގެން ކަމަށެވެ.

އެގޮތުން މިހާރުގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރގެ މަގާމުގައި ހުންނެވި މުޙައްމަދު ޝަރީފް އައްޔަންކުރުމަށް ހަމަޖެހިފައިވަނީ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށެވެ. އަދި މީގެ އިތުރުން ޑެޕިއުޓީ ސީއީއޯ ގެ މަގާމަށް ޝަރީފް އައްޔަންކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއާއެކު ޝަރީފް ވެވަޑައިގަންނަވާނީ ބޭންކުގައި ތިއްބަވާ ދެ ޑެޕިއުޓީ ސީއީއޯ ގެ ތެރެއިން އެއް ބޭފުޅަކަށެވެ. މިހާރުވެސް އާއިޝަތު ނޫރައްދީން ގެންދަވަނީ ބޭންކުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރައްވަމުންނެވެ. މި ވަގުތު ޑައިރެކްޓަރ އޮފް ކޯޕްރޭޓް ބޭންކިންގެ މަގާމުގައި ހުންނެވި ކުލްދީޕް ޕަލިވާލް ހަމަޖެހިގެންދާނީ ބޭންކުގެ ރީޓެއިލް އަދި ކޯޕްރޭޓް ބޭންކިންގ ޒިންމާ ހިމެނޭ ގޮތަށް ޑައިރެކްޓަރ އޮފް ބިޒްނަސް އަށެވެ. އަދި މީގެ އިތުރުން އިސްލާމިކް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި، މި ދާއިރާގައި ބައިނަލްއަޤްވާމީ ތަޖުރިބާ ހޯއްދަވާފައިވާ މާހިރެއްކަމަށްވާ ޒުލްކަރްނައިން ޓަމަން، އަލަށް އުފައްދާ ޑައިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކްގެ މަގާމަށް އައްޔަންކުރުމަށްވަނީ ނިންމާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 191 ކޭޝް އޭޖެންޓުން، 18 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355