twitterviber whatsapp telegramfacebookyoutube instagram
18th April 2024

އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް އިފްތިތާހުކޮށްފި

Dec 15, 2016

އުރީދޫގެ ނެޓްވާރކް އިތުރަށް ވަރުގަދަކޮށް، އުރީދޫ އިން ދެމުންގެންދާ އެއްބާރުލުމުގެ ތެރެއިން ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް 4ޖީ ނެޓްވާރކް ފޯރުކޮށްދިނުމަށް އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް މިއަދު އިފްތިތާހުކޮށްފި އެވެ.

މަލްޓިމިލިއަން ޑޮލަރުގެ އަގުހުރި މިފައިބަރ އަޕްގްރޭޑް މެދުވެރިކޮށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް 4ޖީ ނެޓްވާރކް ފޯރުކޮށްދިނުމުގެ ގާބިލްކަން އުރީދޫ އަށް ލިބިގެން ދިއުމުން ޑިޖިޓަލް ދުނިޔޭގައި ދިވެހި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރެވިގެންދާނެކަމަށާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި 4ޖީ ނެޓްވާރކް ތައާރަފްކުރުމުގެ މަސައްކަތް މިހާރުވެސް ވަނީ ފަށާފައި ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މި ރަސްމިއްޔާތުގައި ގްރޫޕް ޗީފް އޮފިސަރ އެސްއެމްބީޔޫ އަދި އުރީދޫ މޯލްޑިވްސް ބޯޑުގެ ޗެއަރމަން، ޚާލިދް އިބްރާހިމް އަލް މަހްމޫދް ވިދާޅުވީ ޑިޖިޓަލް ގައުމެއް ބިނާކޮށް، ޑިޖިޓަލް އިގްތިސާދަކާއި ރައްޔިތުން ގުޅުވާލަދިނުމުގެ ވަރުގަދަ ތަސައްވަރެއް ރާއްޖޭގެ ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ. އަދި  ނޭޝަންވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓަށް އިންވެސްޓްކޮށް ޑިޖިޓަލް މޯލްޑިވްސްއަށް އެއްބާރުލުންދެވުމަކީ އުރީދޫއަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް ކަމަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ޒަމާނީ ޓެކްނޮލޮޖީތަކުގެ ފައިދާތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި، ކުރިއަތް އޮތްތަނުގައިވެސް އުރީދޫއިން އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ކުރަމުން ގެންދާނެކަމަށެވެ.

ޑިޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުންދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ އުރީދޫގެ 100% 4G+ އަދި ހައި ސްޕީޑް ބްރޯޑްބޭންޑް ހިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ފުޅާ ކުރުމާއި އެކު، ޓެލެމެޑިސިން، ޓެލެވާރކިންގ، އޮންލައިން އެޑިއުކޭޝަން އަދި އީ ގަވަރމަންޓް ހިދުމަތްތައް ފަދަ އާ ފުރުސަތުތަކާއި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ގުޅުވައިދިނުމުގައި އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355