މުޅި ރާއްޖެއަށް ޒަމާނީ ދިރާގުގެ 4ޖީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ހޯދުމަށް ދިރާގުން ވަނީ އެންމެ ފުންނާބު އުސް ދެކުންފުނި ކަމަށްވާ ނޮކިޔާ އަދި ހުއާވޭ އާއި އެކު މުޅި ރާއްޖެ އަށް 4ޖީ ނެޓްވޯކް ގާއިމް ކުރުމަށް އެއްބަސްވުމަކަށް އައިސްފައެވެ. 2017 ނިމުމުގެ ކުރިން މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދެކުންފުނިން ވަރަށް ބާރުމިނުގައި ކުރިއަށް ގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ހުއާވޭ ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް އެންމެ ޒަމާނީ މުއާސަލާތީ ނެޓްވޯކް ތައް ގާއިމް ކުރަމުން އަންނަ މައްޝޫރު ކުންފުންޏެކެވެ. މުއާސަލާތީ އިންފްރާ ސްޓްރަކްޗާއާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ދުނިޔޭގެ ބާޒާރަށް ނެރުމުގެ އިތުރުން އޮޕަރޭޝަނަލް އަދި ކޮންސަލްޓެންސީ ހިދުމަތްވެސް ފުޅާ ދާއިރާ އެއްގައި ދެމުންއަންނަ ކުންފުންޏެކެވެ. ހަމަ އެފަދައިން ނޮކިޔާ އަކީ މަޝްހޫރު ފޯނު އެފައްދާ ކުންފުންޔަކަށް ވީހިނދު މިހާރު ނޮކިޔާގެ އަމާޒު ހުރީ ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ކުރުމުގެ ވިޔަފާރިއަށެވެ.
ދިރާގަކީ ދިވެހިރާއްޖެ ބޭރުގެ ދުނިޔެއާއި އިންޓަނޭޝަނަލް ސަބްމަރިން ކޭބަލެއް މެދުވެރިކޮށް ގުޅުވާލަދިން އެންމެ ފުރަތަމަ ކުންފުނި ކަމަށާއި އަދި މިހާރުވެސް ރާއްޖޭގެ އެންމެ ފުޅާ 4ޖީ ނެޓްވާރކު ގާއިމުކޮށްފައިވަނީ ދިރާގުންކަމަށެވެ. ސަބަބަކީ މިހާރުވެސް ރާއްޖޭގެ އާބާދީގެ %60 އަށް 4ޖީ އެލް.ޓީ.އީގެ ހިދުމަތް ވަނީ ފޯރުކޮށްދީފައި އަދި އޭގެ އިތުރުން 2015 ވަނަ އަހަރު ދިރާގުން ވަނީ މީހުންދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދީ ފުރިހަމަ 3ޖީ ނެޓްވާކެއް މުޅި ދިވެހިރާއްޖޭގައި ގާއިމްކޮށްފައި ކަމަށެށާއި އަދި ދިރާގުގެ އަމާޒަކީ 2017 ނިމުމުގެ ކުރިން މުޅިރާއްޖެއަށް 4ޖީގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށް ކަމަށެވެ.
ރާއްޖެއަށް 4ޖީގެ ހިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު ގެދަށުން މިހާރު ވަނީ ހއ. ދިއްދޫ، އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ.ހިއްނަވަރު، ރ.ދުވާފަރު، ލ.މަތިމަރަދޫ، ލ.ތުންޑި، ނ.ވެލިދޫ، ދ.ކުޑަހުވަދޫ އަދި ހދ.
ކުޅުދުއްފުށީގައިވެސް މިހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްފައެވެ.