twitterviber whatsapp telegramfacebookyoutube instagram
7th June 2026

އިންޑިއާ ދުނިޔޭގެ އިގުތިސޯދީ ފަސް ބާރުގެ ތެރެއަަށް

Dec 22, 2016

ގިނަ އަހަރުތަކެއް ވަންދެން އިންޑިއާ އަޅުވެތިކޮށްގެން ވެރިކަންކުރި އިނގިރޭސިވިލާތް ފަހަތަަަށް ޖައްސާލުމަށްފަހު އިންޑިއާއިން ދުނިޔޭގެ އިގްތިސޯދީ ގަދަ ފަސްބާރުގެ ތެރޭގައި ހިމެނިއްޖެ އެވެ.

އިންޑިއާއިން މިކަން އިއުލާނު ކުރީ އެގައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަޒުން ސޯޝަލް މީޑިއާގައެވެ.  އެގައުމުން ހާމަކުރި ގޮތުގައި ވޭތުވެ ދިޔަ 150 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ޖީޑީޕީ ވަނީ އިނގިރޭސިވިލާތަށްވުރެ މައްޗަށް ގޮސްފައެވެ. އަދި އެގައުމަށް މިހާރު ވަނީ އެމެރިކާ، ޗައިނާ، ޖަޕާން އަދި ޖާމަނީގެ ފަހަތުން ފަސްވަނަ ލިބިފައެވެ. މިއަހަރުގެ ކުރީ ކޮޅު ފުރާންސުންވަނީ އިނގިރޭސިވިލާތް ފަހަތަށް ޖައްސާލާފައެވެ.

އިންޑިއާއަށް މިކުރިއެރުން ލިބިގެންދިޔަ އެއް ސަބަބަކީ ދާދިފަހުން އިނގިރޭސިން ޔޫރަޕްގެ އިއްތިހާދާ ވަކިވާން ނިންމުމުގެ ސަބަބުން ޕައުންޑުގެ އަގު ދައްވެ، އިގްތިސޯދުގެ ދުވެލި ފަނޑުވެފައި ވުމެވެ. އިންޑިއާއިން އަންނަނީ 1991 އިން ފެށިގެން އެކޮނޮމިކް ލިބަރަލައިޒޭޝަން އާއެކު އިގްތިސޯދީ ކުރިއެރުންތައް ހޯދަމުންނެވެ.

India overtakes UK & becomes 5th largest GDP after USA, China, Japan & Germany. India may have large population base but this is a big leap. pic.twitter.com/ANPUExHEyL

— Kiren Rijiju (@KirenRijiju) December 18, 2016

މިއަހަރު ނިމުމުގެ ކުރިން އިންޑިއާއިން އިނގިރޭސިންގެ މަގާމު އަތުލާނެ މިއަހަރުގެ އޮކްޓޯބަރުމަހު އައިއެމްއެފް އިން ވެސް ވަނީ އަންދާސާކޮށްފައެވެ. އިންޑިއާގެ އިގްތިސޯދަކީ އެންމެ ބާރަށް ކުރިއަރަމުންދާ އިގްތިސޯދުކަމަށް މިއަހަރު ކުރީކޮޅު ވަނީ އިއުލާން ކޮށްފައެވެ. މީގެ ކުރިން އެންމެ ބާރަށް ކުރިއަރަމުންދިޔައީ ޗައިނާގެ އިގްތިސޯދެވެ.

އައިއެމްއެފް އިން ލަފާކުރާގޮތުގައި 2019 ވަނަ އަހަރު އިންޑިއާގެ މުޅި އިގްތިސޯދު ޖަޕާނާއި ޖާމަނީގެ އިގްތިސޯދަށް ވުރެ ބޮޑުވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355