އުރީދޫއިން މިއަދު ތައާރަފްކުރި ދެވަނަ ސްޓިކާ ސެޓްގެ ނަމަކީ “އޮލަ ވާހަކަ” އެވެ.
އަދުގެ ދިވެހި މުޖުތަމައުއާއި އާދަކާދައިގެ ތެރޭގައި އެކުލެވޭ ބަހުރުވައިގެ މައްޗަށް ބިނާކޮށް މި ސްޓިކަރ ސެޓް ފަރުމާކޮށްފައިވަނީ ރައްޓެރިނާއި އާއިލާގެ ބޭފުޅުންނާ ކުރެވޭ މުއާމަލާތު އިތުރަށް ފުރިހަމަވާނޭ ގޮތަށް ކަަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވީ، “އެންމެ އިހުއްސުރެ ދިވެހިންނަކީ ‘އޮލަ ވާހަކަ’ ތަކަށް ވަރަށް ފޯރި ހުންނަ ބައެއް. ހޮޅުއަށިތަކުގައާއި ޖޯލިފަތި ތަކުގައި، އުނދޯލިތަކުގައި އަދި މިހާރު ކޮފީމޭޒުތަކުގައިވެސް މިކަން ކުރިއަށްދޭ. މިހުރިހާ ‘އޮލަ ވާހަކަ’ އެއް ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރައްވާ ބޭފުޅުންގެ ފޯނުތަކަށް، ވައިބާ މެދުވެރިކޮށް އިތުރަށް ފުރިހަމަކޮށްދިނުމަށް އުރީދޫއިން މިއަދު މި ތަޢާރަފްކުރާ ސްޓިކާސެޓް އެހީތެރިވެދޭނެ” ކަމަށެވެ.
މި ސްޓިކާސެޓް އިތުރު އެއްވެސް އަގަކާ ނުލާ ވައިބާ ސްޓިކާ މާކެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.
އުރީދޫ އިން މަސައްކަތް ކުރަމުން ދަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ފައިދާހުރި ހިތްހަމަޖެހޭފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި މިގޮތުން ކުރިއަށް އޮތްތަނުގައިވެސް އުރީދޫގެ ކަސްޓަމަރުންނަށް ވަރަށް ކަމުދާނެ ހިދުމަތްތަށް އުރީދޫ އިން ފެނިގެންދާނެ ކަަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.