twitterviber whatsapp telegramfacebookyoutube instagram
29th March 2024

މުރަވަކިން ލިބޭ ފައިދާތައް އެނގޭތަ؟

Dec 28, 2016

މުރަވަކި ގަހަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ވަރަށް ގިނައިން ފެންނަ ގަހެކެވެ. އާންމު ކޮށް ގަސްގިނަ ޖަންގަލިން ނުވަތަ ގެވަޅު ފަދަ ތަންތާގައި ގިިނައިން ފެންނަ މޭވާއަަކަށް ވާއިރު މީގެން ލިބޭ ފައިދާތައް އިނގޭ މީހުން ވަރަށް މަދެވެ.

ބަރުދަން ލުއިކޮށް ދިނުމަށް އެހީ ވެދޭ

ބަރުދަން ރަނގަޅު މިނެއްގައި ބެހެއްޓުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. މުރަވަކީ ގައި ހިމެނޭ ލިނޮލިއީކް އެސިޑް އަދި އޮލެއިކް އެސިޑް ގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް އެއްވަރެއްގައި ހިފަހަށްޓައި ދިނުމަށް އެހީ ވެދެއެވެ. އަދި މި މޭވާ ކޮންމެ ދުވަހަކު ކެއުމުގައި ހިމަނާ ލުމުން ބަރުދަން ލުއި ކޮންދިނުމަށް މިއީ އެއްވަނައިގެ މޭވާއެކެވެ.

ލިވާ އަދި ކިޑްނީގެ ރަނގަޅު ސިއްހަތަށް

ލިވާ އަދި ކިޑްނީގެ މަސައްކަތް ހަށިގަނޑުގެ ތެރޭގައި ވަރަށް ގިނައެވެ. މުރަވަކީގައި ހިމެނޭ ވިތަނޮލިޑްސް ގެ ސަބަަބުން މި ދެ ގުނަވަން ރަނގަޅު ސިއްހަތެއްގައި ބެހުއްޓުމަށް އެހީވެދެއެވެ. އެގޮތުން ލިވާގައި ހިމެނޭ ލަކުނުތައް ފިލުވުމުމަށާއި ކިޑްނީގައި އުފެދޭ ޓޮކްސިންތައް ފިލުވައި ދިނުމަށް މި މޭވާ އެހީވެދެއެވެ.

ވިޓަމިނުން ފުރިފާ

ވިޓަމިން ގިނަ މޭވާއެއް ކާލަން ބޭނުންނަމަ މުރަވަކި ކޮޅެއް ކާލާށެވެ. މުރަވަކީގައި ވިޓަމިން އޭ، ސީ، އީ، ކޭ1، ބީ1، ބީ2 އަދި ވިޓަމިން ބީ3 ހިމެނެއެވެ. ޕެޓީ އެސިޑްގެ ތެރޭގައި ވެސް ހަށިގަނޑަށް ފައިދާހުރި އަދި ގެއްލުން ހުރި ފެޓީ އެސިޑް ހުންނައިރު މުރަވަކީގައި ހިމެނެނީ ރަނގަޅު ފެޓީ އެސިޑް ގެ ބާވަތެކެވެ.

ލޮލުގެ ފެނުމަށް އެހީވެދޭ

މުރަވަކީގައި ވިޓަމިނުގެ ތެރެއިން އެންމެ ގިނައީ “ވިޓަމިން އޭ” އެވެ. އޭގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށް ހަން އަލިކޮށް ދިނުމަށް މި މޭވާ އެހީވެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355