twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިރާގުން ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް ލ. އަތޮޅުގައި ދޭން ފަށައިފި

Dec 26, 2016

ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ލ. އަތޮޅުގައި މިއަދު ފަށައިފި އެވެ.

ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތަކީ އެންމެ ހަލުވި އިންޓަނެޓް ހިދުމަތެވެ. މިހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަނީ އެންމެ ފަހުގެ ޓެކްނޮލޮގީ އެވެ،

ދިރާގުން ބުނީ ވަރަށް ކައިރި މުސްތަގުބަލެއްގައި ލ.ފޮނަދޫ އަށް މި ހިދުމަތް ފުޅާކޮށް އަދި އަތޮޅުގެ އިތުރު ރަށްތަކަށް މި ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރުވެސް ލ.ގަމުގެ ގިނަ ފަރާތްތަކުން މި ހިދުމަތަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ބޮޑު ތަރުހީބެއް މިކަމަށް ލިބެމުންދާކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން މިއަދުން ފެށިގެން ހާއްސަ ޕްރޮމޯޝަނަކާއެކު ލ އަތޮޅުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަނުގައި މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ފައިބަރ ޚިދުމަތައް އެދިލައްވާ ހުރިހާ ފަރާތްތަކަށް ފައިބަރ ބޮރޯޑްބޭންޑް ކަނެކްޝަނެއް މުޅިން ހިލޭ ދިރާގުން ގުޅައިދެވޭނެއެވެ.

ދިރާގު ޑައިރެކްޓަރ ސޭލްސް ކަސްޓަމަރ ސާރވިސަސް އަލީ ރިޔާޒް މިހަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދިރާގުގެ އަމާޒަކީ ރާއްޖޭގެ ހުރިހަ ހިސާބަކަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށާއި ދިރާގުގެ ބްރޯޑްބޭންޑުގެ ހިދުމަތް މުޅިރާއްޖެއަށް ވަނީ ފޯރުކޮށްދީފަކަމަށެވެ.

ދިރާގުން މިހާރުވެސް ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސްއާއި ހަމަޔަށް، އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްތައް، މިހާރު ލ.ގަމުގެ ހުރިހާ ކަސްޓަމަރުންނަށް ފުރިހަމަޔަށް ލިބެމުންދާނެކަމަށް އެކުންފުނިން ބުނެ އެވެ.

ދިރާގުން ފައިބަރ ނެޓްވޯކް ޤާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ ލ.ގަން ފިޔަވައި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ކ.މާފުށީގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355