twitterviber whatsapp telegramfacebookyoutube instagram
8th June 2025

އެންމެ ފަހުން ކުޅުދުއްފުށީ ބާޒާރުގައިވެސް ސްޓޯބެރީގެ އަގު ހެޔޮވެއްޖެ

Dec 31, 2016

މިސްރުގެ ސްޓޯބެރީން މާލޭގެ ބާޒާރު ތިޔާގިވެ އަގުހެޔޮވި ނަމަވެސް ފާއިތުވި ދުވަސްތަކުގައިވެސް ކުޅުދުއްފުށީ ބާޒާރުގައި ސްޓޯބެރީގެ އަގު ހުރީ ބޮޑުކޮށެެވެ.

މާލޭގެ ބާޒާރުގައި 10 ފޮށި ހިމެނޭ ސްޓޯބެރީ ކޭހެއް 150 ރުފިޔާއަށް ވިއްކާއިރު ކުޅުދުއްފުށީ ބާޒާރުގައި ސްޓޯބެރީގެ އެންމެ ފޮއްޓެއް ވިއްކަނީ 40 ރުފިޔާއަށެވެ.

ނަމަވެސް މިއަދު ކުޅުދުއްފުށީގެ ބާޒާރުގައި ސްޓޯބެރީގެ އަގު ހުރީ ހެޔޮވެފަ އެވެ. މިހާރު ބާޒާރުގައި ކުރިން 40 ވިއްކި ސްޓޯބެރީ ފޮއްޓެއް ގަންނަ ލިބެންހުރީ 35 ރުފިޔާ އާއި 25 ރުފިޔާގެ ދެމެދުގެ އަގެއްގަ އެވެ.

ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ވަންދެން ރާއްޖޭގެ ބާޒާރުގައި މިސްރުގެ ސްޓޯބެރީ ތިޔާގި ވާނެކަމަށް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355