twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިރާގުން ރާއްޖޭގެ ގުރުއާނާއި ބެހޭ މަރުކަޒަށް މުޅިންހިލޭ މެގަރ އެކްސެސް ގާއިމްކޮށްދީފި

Jan 2, 2017

ދިރާގުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ހިލޭ މެގަރ އެކްސެސް ސޮލިއުޝަނަކުން ގުޅާލަދީ 4 އަތޮޅު މާލެއާއި ގުޅާލަދީފި އެވެ.

ރާއްޖެ އިސްލާމުވި ދުވަހާއި ގުޅުގެން ދިރާގުން މެގަރ އެކްސެސް ގާއިމް ކޮށްދީ މާލެއާއި ގުޅުވާދީފައި ވަނީ ރ.އަލިފުއްޓާއި، އދ މާމިގިއްޔާއި، ފ.ނިލަންދޫއާއި ޏ.ފުވައްމުލަ ކެވެ.

މިހިދުމަތުގެ ސަބަބުން ވީޑިއޯ ކޮންފެރެންސިންގް މެދުވެރިކޮށް ވަގުތުން ޤުރާންކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި މި 4 އަތޮޅުން ތައުލީމު ހާސިލުކުރަން ބޭނުން ވާ ދަރިވަރުންނަށް ރަށުގައިތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެން ދާނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ‘އިންޓަރެކްޓިވް ރިމޯޓް ކްލާސް’ތަށް މެދުވެރިކޮށް މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާފަޅު ނަންގަވައިދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެއްވޭނެއެވެ.

މިއީ މިފަދަ ޒަމާނީ އުސޫލަކުން މިމަސައްކަތް ޤުރުއާނާއި ބެހޭމަރުކަޒުން ގާއިމު ކުރާ ފުރަތަމަ ފަހަރެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒަމާނީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މިފަދަ ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމުކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުގެ އެންމެ ބޮޑު އެއް އަމާޒުކަމަށާއި އެގޮތުން މިދިޔަ ޑިސެމްބަރ މަހުވެސް ރާއްޖޭގެ 4 ރީޖަނަލް ހޮސްޕިޓަލަށް އޮސްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާ ކޮށްފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355