twitterviber whatsapp telegramfacebookyoutube instagram
24th February 2020

މިއީ ބުލޫބެރީ ޓޯސްޓް ތައްޔާރުކުރާނެ ގޮތް

Jan 3, 2017

ބޭނުންވާ ތަކެތި

2 ބިސް

2/1 ޖޯޑު ހަކުރު

1 ޖޯޑު ޑަބަލް ކުރީމް

ވެނީލާ އެސެންސް

ޕާން

ބުލޫބެރީ ޖޭމް

ބުލޫބެރީ

މެޕަލް ސިރަޕް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ބިސް، 2/1 ޖޯޑް ޑަބަލް ކުރީމް، ހަކުރު އަދި ރަހަލާވަރަށް އެސެންސް ކޮޅެއް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއްކޮށްލުމަށްފަހު ދެ ޕާންފޮތި އެއަށްލައި ދެފުއް ރީތިކޮށް ފޯ ކޮއްލާށެެވެ. އެއަށްފަހު ތަވައަކަށް ތެޔޮފޮދެއް އަޅާ އެއްފޮތި ޕާން ބާއްވާ އޭގެ މަތީގައި ޖޭމް ކޮޅެއް ހާކާފަ ބުލޫބެރީ ކޮޅެއް އަޅާލާށެވެ. އަދި މަތިން އަނެއް ޕާންފޮތި ޖަހާ ދެ ފުއް ރޯ ފިލުވާލުމަށްފަހު ސާރވް ކޮށްލާށެވެ. އިތުރަށް ރަހަ މީރު ކޮށްލުމަށް 2/1 ޖޯޑް ޑަބަލް ކުރީމް އަދި މެޕަލް ސިރަޕް އެއްކޮށްލުމަށް ފަހު ޓޯސްޓް މައްޗަށް އަޅާލުމުން ހެނދުނުގެ ނާސްތާއެއް މިއޮތީ ތައްޔާރު ވެފައި އެވެ.

ބުލޫބެރީ ޓޯސްޓް ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯއެއް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355