twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑޮލަރުގަތުމަށް އޮންލައިންކޮށް ފައިސާ ދެއްކުމުން އެއާޕޯޓުން ޑޮލަރު ދޫކުރަން ނިންމައިފި

Jan 5, 2017

ޑޮލަރުގަތުމަށް އޮންލައިންކޮށް ފައިސާ ދެއްކުމުން ބޭންކް އޮފްމޯލްޑިވްސް (ބީއެމްއެލް) އިން އެއާޕޯޓުން ޑޮލަރު ދޫކުރާގޮތަށް ނިންމައިފި އެވެ.

ޑޮލަރު ގަތުމަށް ބީއެމްއެލްގެ ވެބްސައިޓަށް ވަދެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. އެގޮތުން ރާއްޖެ އިން ބޭރަށް ދާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑޮލަރު ދޫކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ޑޮލަރު ގަތުމަށް ޕޯޓަލަށް ވަނުމަށް ފަހު ދަތުރުކުރާ މީހުންގެ މައުލޫމާތާއި ޕާސްޕޯޓް ނަމްބަރު އަދި ފްލައިޓްގެ މައުލޫމާތު ޖެހުމަށް ފަހު ޑެބިޓް ކާޑުން ފައިސާ ދެއްކުމުން ބުކިން ހެއްދޭނެ އެވެ.

އަދި ފުރަން އެއާޕޯޓަށް ގޮސް، ޗެކިންވުމަށް ފަހު ޑިޕާޗާ ޓާމިނަލްގެ ގޭޓް 4ގެ ކުރިމަތީގައި ހުންނަ ބީއެމްއެލްގެ ކައުންޓަރަށް ދިއުމުން އެ މީހަކަށް ޑޮލަރު ލިބޭނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ޑޮލަރަށް ފައިސާ ދައްކާ އޮންލައިން ޕޯޓަލް މިރެއިން ފެށިގެން ބީއެމްއެލް ވެބްސައިޓުގައި ފެންނަން ހުންނާނެ އެވެ.

މީގެ އިތުރުން ޑޮލަރު ގަންނަން އޮންލައިންކޮށް ފައިސާ ނުދެއްކޭ ފަރާތްތަކަށް ބީއެމްއެލްގެ ބްރާންޗްތަކަށް ގޮސްގެން ވެސް ފައިސާ ދެއްކޭނެކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި އެހެން އެއާޕޯޓަކުން ބޭރަށް ފުރާ ނަމަ އެ އެއާޕޯޓަކާ އެންމެ ކައިރި ބްރާންޗަކަށް ދިއުމުން ވެސް ޑޮލަރު ލިބޭނެ ކަމަށާއި އެހެން ނަމަވެސް ދަތުރުކުރާ ކޮންމެ މީހަކަށް ގިނަވެގެން ލިބޭނީ ކުރިން ވެސް އޮންނަ ގޮތަށް 500 ޑޮލަރުކަމަށްވެސް ބޭންކުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355