twitterviber whatsapp telegramfacebookyoutube instagram
28th March 2024

އުރީދޫ ސަބްމެރިން ކޭބަލް މުޅި ރާއްޖެއަށް ދަމާލައިފި، ހިދުމަތް ދެގުނަ ވާނެ

Jan 5, 2017

އުރީދޫގެ ސަންމެރިން ކޭބަލް މުޅި ރާއްޖެއަށް ގުޅާލެވުން ފާހަގަކޮށް ކުޅުދުއްފުށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ މިހިދުމަތް ގުޅާލެވިގެން ދިއުމުން މާލޭއާ އެއް ފެންވަރަކަށް ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ހިދުމަތް ލިބިގެންދާނެކަމަށެވެ. އެއާއެކު ރާއްޖޭ ކޮންމެ ރަށަކަށްވެސް ފުލް ކެޕޭސިޓީގައި ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

“އަގަށް ވުރެ ބޮޑަށް އަޅުގަނޑުމެން މިބަލަނީ ރަނގަޅު ހިދުމަތެއް ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭތޯ. އަގު އެއްވަރެއްގައި ހިފަހައްޓާފައި ހިދުމަތް ޑަބަލްކޮށްލެވޭތޯ މިމަސައްކަތް ކުރަނީ” ނިޔާޒް ވިދާޅުވި އެވެ.

ސަބްމެރިން ކޭބަލް ގުޅާލެވިގެން ދިއުމުން ވިޔަފާރިތައް ފުޅާވެ، އެއް ވިޔަފާރިއާއި އަނެއް ވިޔަފާރި ފަސޭހައިން ގުޅާލެވި ޓެކްނޮލޮޖީގެ ގޮތުން ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. ނިޔާޒް ވިދާޅުވީ އެކުންފުނިން މިހާރުވެސް 40 ރަށެއްގައި 4 ޖީ ފުލަސްގެ ހިދުމަތް ދޭކަމަށާއި ޖެނުއަރީމަގު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 4ޖީ ފުލަސްގެ ހިދުމަތް ދެވިގެންދާނެ ކަމަށެވެ.

އުރީދޫގެ ހެޑް އޮފް ޕްލޭނިންގ ޝަބީން އަލީ ވިދާޅުވީ ސަބްމެރިން ނެޓްވޯކް ގުޅާލުމާއެކު 4ގީ ފުލަސްގެ ހިދުމަތް އިތުރަށް ފުޅާވެ، އީ ލާނިންގ އާއި ޓެލެމެޑިސިން ފުޅާވެގެންދާނެކަމަށާއި ޖުމްލަކޮށް މުޅި ރާއްޖޭއަށްވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑަށްފައިދާކުރާނެ ކަމަށެވެ. އަދި ސަބްމެރިން ކޭބަލް ގުޅާލުމުން ހިދުމަތުގެ ޔަގީންކަން ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ އެސިސްޓެންޓް މެނޭޖަރ ޕަބުލިކް ރިލޭޝަން ނޫރާ އިބުރާހިމް ޒާހިރު ވިދާޅުވީ އެހެން ފަރާތަކުންވެސް ސަބްމެރިން ކޭބަލް އަޅާފައިވާކަން ފާހަގަ ކުރައްވާ ނޫރާ ވިދާޅުވީ އިތުރު ކޭބަލްއެއް އައުމުން ގައުމުގެ އައިސިޓީ އިންފުރާސްޓަކްޗާއަށްވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި އެއް ކޭބަލްގައި މައްސަލައެއް ދިމާވެއްޖެނަމަ އަނެއް ކޭބަލް މެދުވެރިކޮށް ހިދުމަތް ދެވޭނެކަން ނޫރާ ފާހަގަކުރެއްވި އެވެ. އަދި ވިޔަފާރިތަކަށާއި ތައުލީމީ ދާއިރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ނޫރާ ފާހަގަކުރެއްވި އެވެ.

ސަބްމެރިން ކޭބަލް މުޅި ރާއްޖެއަށް ދާމާލާފައިވާއިރު ޓެސްޓް ކުރުން ޖޫންމަހު ތެރޭގައި ފެށިގެންދާނެކަމަށް އުރީދުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355