twitterviber whatsapp telegramfacebookyoutube instagram
8th May 2024

ބީއެމްއެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޑޮލަރު ދޫކުރަން ފަށައިފި

Jan 8, 2017

ބީއެމްއެލްއިން އަލަށް ތައާރަފްކުރި އޮންލައިން ބުކިންގ ނިޒާމުގެ ދަށުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް މިއަދުން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ޑޮލަރު ދޫކުރަން ފަށައިފަ އެވެ.

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި މިއަދުން ފެށިގެން ދަތުރުވެރިން ޑޮލަރު ގަތުމަށް ބީއެމްއެލްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާ، ފުރުމުގެ ކުރިން އެއަރޕޯޓުން ޑޮލަރު ނެގޭނެ ގޮތް ވަނީ ބީއެމްއެލް އިން ހަމަޖައްސާފައި އެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިންގ ހަދާ އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްްވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް އިސްކަން ދެވޭނެ ކަމަށެވެ.

އަދި ބީއެމްއެލް އިން ވަނީ ދަތުރުވެރިންނަށް ޑޮލަރު ދޫކުރުމަށް އެއަރޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ވެފައިވާ ތައްޔާރީތަކާއި ބެހޭ ވީޑިއޯއެއް ދައްކާލާފައި ވެއެވެ. މިވީޑިއޯގައި ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވާ ދަތުރުވެރިންނަށް ލަސްނުވެ ޑޮލަރު ދޫކުރުމަށް ހާއްސަކޮށްގެން ޑިޕާޗާ ގޭޓް 4 ގެ ކުރިމަތީގައި ގާއިމްކޮށްފައިވާ ކައުންޓަރުތައް ވަނީ ދައްކާލާފައި އެވެ.

ބޭންކުން އަލަށް ތައާރަފްކުރި ނިޒާމަށް ބަދަލުވުމުގެ މަރުހަލާ ފަސޭހަކުރުމަށްޓަކައި އެމްއެމްއޭ އިން މިއަދާއި މާދަމާވެސް ޑޮލަރު ވިއްކަމުން ގެންދާނެ ނަމަވެސް، އޭގެ ފަހުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަމުންދާނީ ހަމައެކަނި ބީއެމްއެލްއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355