twitterviber whatsapp telegramfacebookyoutube instagram
30th June 2025

ކުޅުދުއްފުށީގައި ޕެޓްރޯލް ލީޓަރެއް 12.35 ރުފިޔާއަށް އުފުލިއްޖެ

Jan 10, 2017

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކަމުން ގެންދާ ޕެޓްރޯލްގެ އަގު ބޮޑުކުރުމުން ކުޅުދުއްފުށީ ބާޒާރުގައިވެސް ޕެޓްރޯލްގެ އަގު ބޮޑުވެއްޖެ އެވެ.

ކުޅުދުއްފުށިގައި އެންމެ ފުޅާ ދާއިރާގެ ތެލުގެ ވިޔަފާރި ކުރާ އެެތުމާ ފިއުލްގައި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 12.35 ރުފިޔާއަށެވެ. މިއީ މަހުގެ ތެރޭގައި ޕެޓްރޯލްގެ އަގު ބޮޑުކުރި ދެވަނަ ފަހަރެވެ. މިމަހު ޕެޓްރޯލް ލީޓަރެއް 11.46 ރުފިޔާއަށްވެސް ވިއްކާފައިވެ އެވެ.

ރާއްޖެގެ ބާޒާރުގައި އެސްޓީއޯއިން ވިއްކަމުންގެންދާ ތެލުގެ އަގުތަކަށް ޖެނުއަރީމަހުން ފެށިގެން ބޮޑުކުރުމުން، ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ޑީސަލް އާއި ޕެޓްރޯލް ފުނަދޫ ޓާމިނަލްއިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 0.87 ލާރި އަދި ޑީސަލް ލީޓަރަކުން 0.56 ލާރިވަނީ ބޮޑުކޮށްފަ އެވެ.

އެސްޓީއޯއިން ޕެޓްރޯލް ލީޓަރަކުންވަނީ 30 ލާރި ބޮޑުކޮށްފަ އެވެ. އަތޮޅުތެރެއަށް ތެލުގެ ބާވަތްތައް އަމިއްލަ ވިޔަފާރިވެރިން ގެންނަނީ ފުނަދޫއިންނެވެ.

އެސްޓީއޯއިން ބުނެފައިވަނީ ޕެޓްރޯލްގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔުމާއި ގުޅިގެން ކަމަށެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com