twitterviber whatsapp telegramfacebookyoutube instagram
7th May 2024

މުޅި ރާއްޖެއަށް އުރީދޫގެ 4ޖީ ފުލަސް ނެޓްވަރކް ފުޅާކޮށްފި

Jan 18, 2017

މުޅި ރާއްޖެއަށް އުރީދޫގެ 4G+ ނެޓްވަރކް ފުޅާކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.

އުރީދުގެ 4G+ ނެޓްވަރކް ތައާރަފް ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައި ވަނީ، މިހާރު އަޅުގަނޑުމެންގެ ދަތުރުގެ މުހިއްމު ލަނޑުދަނޑިއަކަށް ވާސިލްވީ ކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އުރީދޫއިން މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށެވެ.

އަދި އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ ވަނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފެންވަރު ރަނގަޅު މޮބައިލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށާއި، ޑިޖިޓަލް ހިދުމަތްތަކުގެ ފައިދާތަކާއި ގުޅުވާލަދިނުމަށްޓަކައި އުރީދޫއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ދާނެ ކަމަަށެވެ.

މިހާރު ގެންގުޅުއްވާ ސިމް ކާޑުން 4G+ ކޮމްޕެޓިބަލްތޯ ބެއްލެވުމަށް، ”4G” ޖެއްސެވުމަށް ފަހު، 5353 އަށް އެސްއެމްއެސް ކުރައްވައިގެން ޗެކްކުރެވޭނެއެވެ. އަދި އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ތަކުންނާއި، ބިޒްނަސް ޕާރޓްނަރ ޝޮޕްތަކުން ފަސޭހަކަމާއިއެކު 4G ސިމް ކާޑް ލިބިވަޑައިގަންނަވާނެ ކަމަސް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދުއިން މައުލޫމާތުދޭ ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަލުވި ސްޕީޑެއްގައި އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި އުރީދޫއިން މުހިއްމު އިންވެސްޓްމެންޓްތަކެއް ކޮށްފައިވާ ކަމަށެވެ. މިގޮތުން، އެކުންފުނީގެ މަލްޓިމިލިއަންޑޮލަރުގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް މެދުވެރިކޮށް، ނެޓްވަރކް ކެޕޭސިޓީ އިތުރުކޮށް، މުޅި ރާއްޖެއަށް 4G+ ނެޓްވަރކް ފުޅާކުރުމުގެ މަސައްކަތެވެ. އަދި އޭގެ އިތުރުން މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓުތަކަށާއި ރަށްތަކަށް، ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެކުންފުނިން ވަނީ ފަށާފައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355