twitterviber whatsapp telegramfacebookyoutube instagram
7th September 2025

ހުކުރުދުވަހު އޯރިއޯ ޗީޒް ކޭކް ތައްޔާރު ކޮށްލަމާ

Jan 19, 2017

ބޭނުންވާ ތަކެކި:

25 އޯރިއޯ ބިސްކޯދު

500ގ ބަޓަރ

500ގ ކުރީމް ޗީޒް

500ގ ވިޕިންގ ކުރީމް

2 ސަމްސާ ޖެލަޓިން

80ގ ހަކުރު

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އޯރިއޯ ބިސްކޯދުގެ ކުރީމް ގަނޑާއި ބިސްކޯދު ވަކި ކޮށްލާށެވެ. އެއައްފަހު ބިސްކޯދުތައް މިސްޗަރުން ހިމުންވާންދެން މުގުރާ ލާށެވެ. ހިމުންވުމުން 2 ސަމްސާ ބިސްކޯދު ބަހައްޓާށެވެ. އަދި ބާހީ ހުރި ބަޔަށް ބަޓަރ އަޅާ އެއްކޮއްލުމަށްފަހު ކޭކްފިހާ ތައްޓެއްގައި ރީތިކޮށް ފަތުރާފަ ސަމްސަލަކުން އޮމާން ކޮށްލުމަށްފަހު ފިނި ކުރަންލާށެވެ. ދެން ބިސްކޯދުގެ ކުރީމް ކޮޅު ތެރެއަށް ވިޕިންގ ކުރީމް، ކުރީމް ޗީޒް، ހަކުރު އަދި ޖެލަޓިން އަޅާ މަޑު ގިނީގައި އެއްކޮށްލާށެވެ. ކުރީމް ކޮޅު އެއްވުމުން ފިނިކުރި ބިސްކޯދުތައް މައްޗައް އަޅާލާފައި އިތުރު 3 ގަޑި އިރު ފިނި ކޮށްލާށެވެ. އެއައްފަހު ބެހެއްޓި ބިސްކޯދު ކުނޑި ކޮޅު ކޭކް މައްޗައް ބުރުވާލުމުން ޗީޒްކޭކް މިއޮތީ ތައްޔާރުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355