twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކުދި ވިޔަފާރިތަކަށް އޮޑިޓް ރިޕޯޓް ހުށައަޅަށް ނުޖެހޭނެ ގޮތަށް ހަމަޖައްސައިފި

Jan 21, 2017

10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ)ގެ ބަޔާން ހުށަހަޅާއިރު މީރާއަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

2015 ވަނަ އަހަރުގަައި ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބުނު ފަރާތްތަކުން، ވިދިގެން އަންނަ އެއްވެސް ޓެކްސް އަހަރެއްގައި އެ އަދަދު 10 މިލިއަނަށްވުރެ އިތުރު ނުވާނަމަ، އެ އަހަރަކަށް މީރާއަށް އޮޑިޓް ރިޕޯޓެއް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގައި ވެއެވެ.

އަދި މިއީ، ކުދި ވިޔަފާރިތަކަށް މީރާއިން ދެމުން ގެންދާ ލުއިތަކުގެ ތެރެއަށް އިތުރުވި ބައެއް ކަމަށާއި އޭގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުގެ ގިންތިއަށާއި އޮޑިޓަރުން މީރާގައި ރަޖިސްޓަރީ ކުރުމުގައި އަމަލުކުރަމުންދާ އުސޫލަށްވެސް ބަދަލުތަކެއް ގެނެސްފައިވާ

ކަމަށް ރޫލިންގައި ވެއެވެ.

މީގެކުރިން ހަމަޖެހިފައި ވަނީ 5 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތައް އޮޑިޓް ރިޕޯޓް ހުށައެޅުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355