twitterviber whatsapp telegramfacebookyoutube instagram
7th May 2024

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

Jan 23, 2017

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލް އިން 8 ޖަނަވަރީގައި ތައާރަފް ކުރި އޮންލައިން ބުކިންގެ ނިޒާމު މެދުވެރިކޮށް މިހާތަނަށް އެއްމިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.

ދަތުރުވެރިންނަށް އެއްމިލިއަން ޑޮލަރު ދޫކުރުމުގެ ލަނޑުދަނޑި ހާސިލްވުން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އިއްޔެ ބޭއްވި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީ ވަނީ ބައިވެރިވެފައި އެވެ.

މިދިޔަ ދެހަފްތާގެ ތެރޭގައި ބޭންކުންވަނީ 2500 ދަތުރުވެރިންގެ ބުކިންގ އަށް ޖުމުލަ އެއް މިލިއަން ޑޮލަރު ދޫކޮށްފާ ކަމަށާއި މި އާ ނިޒާމަކީ ބޭނުން ކުރަން ފަސޭހަ އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ނިޒާމެއް ކަމަށް ބޭންކުން ވަނީ ހާމަކޮއްފައި އެވެ.

ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި މި ނިޒާމުގެ ދަށުން، ބޭންކުގެ އޮންލައިން ޕޯޓަލް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޑޮލަރު ބުކިންނާއި ފުރަން ގޮސް އެއަރޕޯޓްގެ ޑިޕާޗަރ ގޭޓް 4 ގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ހާއްސަކޮށްފައިވާ ކައުންޓަރުން ޑޮލަރު ނެގޭނެއެވެ. އަދި އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް އެއަރޕޯޓުތަކުން ޑޮލަރު ލިބޭގޮތަށް، ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށާއި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް އިސްކަން ދެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355