twitterviber whatsapp telegramfacebookyoutube instagram
12th September 2026

އޮލަވާހަކަ ސްޓިކާއަށް ބޮޑު ތަރުހީބެއް

Jan 23, 2017

ދިވެހި ބަހާއި، ދިވެހިންގެ ހާއްސަ އާދަކާދަތައް ހިމަނައިގެން އުރީދޫ އިން ފަރުމާކޮށްފައިވާ “އޮލަ ވާހަކަ” ވައިބަރ ސްޓިކާތައް ތައާރަފްކުރިތާ ފުރަތަމަ މަސްތެރޭގައި 2 މިލިއަން ފަހަރު ބޭނުންކޮށްފިއެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވެފައި ވަނީ މިއަދުގެ ދިވެހި މުޖުތަމައުގައި ފެނިގެންދާ ހާއްސަ އާދަކާދަތަކާއި، ދިވެހިންގެ އަމިއްލަވަންތަ ބަހުރުވަ ދައްކުވައިދޭ ތަފާތު ދެ ވައިބަރ ސްޓިކަރ ޕެކް އުރީދޫ އިން ވަނީ ތައާރަފްކޮށްފައި އެވެ. އަދި ދިވެހިންގެ ފަރާތުން މިކަމަށް ލިބެމުންދާ ތައުރީފްގެ ސަބަބުން، ކުރިއަށް އޮތްތަނުގައިވެސް، އުރީދޫ އިން ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ވައިބާ ސްޓިކާތައް ތައާރަފް ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން އުރީދޫ އިން ވަނީ ވަރަށް އަގުހެޔޮކޮށް ވައިބާ ބޭނުންކުރެވޭ ޗެޓް ޕެކްތަކެއް ތައާރަފްކޮށްފައި އެވެ. އެއީ އެއް ދުވަހު ވައިބާ ބޭނުންކުރެވޭ ގޮތަށް “ވައިބާ5” އިން ފަސް ރުފިޔާއަށް 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރުމަށާއި “ވައިބާ11” ޕެކޭޖުން 11 ރުފިޔާއަށް ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމައަށް ވައިބާ ބޭނުންކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293