twitterviber whatsapp telegramfacebookyoutube instagram
24th December 2025

އިކޮނޮމިކް މިނިސްޓްރީން އުރީދޫ ވޯކްގްރޫޕްގައި ބައިވެރިވެއްޖެ

Jan 24, 2017

އުރީދޫ ވޯކްގްރޫޕްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީ އާއެ އެކު އިއްޔެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިކޮނިމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސެވެ. އަދި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒެވެ.

އުރީދޫ ވޯކްގްރޫޕުގެ ހިދުމަތް ބޭނުންކޮށްގެން އެ މުއައްސަސާގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެއެވެ. އެގޮތުން 4 އަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން ވޯކްގްރޫޕުގައި ހިމެނޭ ބޭފުޅުންގެ މެދުގައި އެކަކު އަނެއްކަކަށް ފަސޭހަކަމާއި އެކު ގުޅާލެވޭނެ އެވެ.

އެގޮތުން އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް، އެސްޓީއޯ، އެމްސީއެސް، ޕީޖީ އޮފީސް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޔޫތް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ލޯ، މޯލްޑިވްސް ކަސްޓަމްސް ސާވިސް، އޭވިއޭޝަން ސެކިއުރިޓީގެ އިތުރުން މަޝްހޫރު އެތައް ކުންފުނިތަކާއި ރިސޯޓްތަކުން ދަނީ އުރީދޫގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޕެކޭޖު ކަމަށްވާ އުރީދޫ ވަރކްގްރޫޕުގެ ހިދުމަތް ބޭނުންކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355