twitterviber whatsapp telegramfacebookyoutube instagram
6th May 2024

ބީއެމްއެލްއަށް މިދިޔަ އަހަރު ރެކޯޑް ފައިދާއެއް

Jan 30, 2017

މިދިޔަ އަހަރު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ރެކޯޑް އަދަދަކަށް ފައިދާވެފައިވާކަމަށް އެ ބޭންކު ބުނެފި އެވެ.

މިދިޔަ އަހަރު އޮޑިޓް ނުކުރާ މާލީ ބަޔާންތަކުން ދައްކާ ގޮތުގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ވަނީ އެ ބޭންކަށް ލިބިފަ އެވެ. އެއީ ބީއެމްއެލްގެ ތާރީހުގައިވެސް އެންމެ ފައިދާވި އަހަރުކަމަށް އެބޭންކު ބުނެ އެވެ.

މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 56 އިންސައްތައިގެ ކުރިއެރުމެކެވެ.

2016 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 281.8 މިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެ އެވެ.

އެއީ އޭގެ ކުރީ ކުއާޓަރ އާ އަޅާބަލާއިރު 53 އިންސައްތައިގެ ކުރިއެރުމެކެވެ. މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވާއިރު ލޯނު ދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވަކަމަށް ބީއެމްއެލް ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، 2017 ވަނަ އަހަރު އެ ބޭންކު 300 މިލިއަން ރުފިޔާ (20 މިލިއަން ޑޮލަރު) އިންވެސްޓް ކުރާނެ ކަމަށެވެ.

10 ސީއެސްއާރު ޕްރޮޖެކްޓާއި، ބޭންކުގެ ބްރާންޗްތައް އިތުރުކުރުމާއި، ބިޒްނަސް ސެންޓަރ އަދި އޭޓީއެމް ނެޓްވޯކް ފުޅާކުރުމުގެ ފައިދާ މަދުވެގެން 22 ރަށަކަށް ލިބިގެންދާނެކަމަށާއި އެ އާއެކު 150  އާ ވަޒީފާ އުފެދިގެންދާނެކަމަށް އެންޑްރޫ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 19 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355