twitterviber whatsapp telegramfacebookyoutube instagram
28th July 2026

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ދިރާގަށް ލިބިއްޖެ

Jan 30, 2017

2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ދިރާގަށް ލިބިއްޖެ އެވެ.

ދިރާގުން މައުލޫމާތު ދޭގޮތުގައި 2016 ވަނަ އަހަރުގެ ފަހު ކުއަރޓާއަށް ބަލާއިރު އާމްދަނީގެ ގޮތުގައި 643 މިލިއަން ރުފިޔާ އަދި ސާފުފައިދާގެ ގޮތުގައި 187 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މިއީ 2015 ވަނަ އަހަރުގެ ފަހު ކުއަރޓާއި އަޅާ ބަލާއިރު މިއީ 15 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ދިރާގުން ބުނެއެވެ.

އަދި ޖުމްލަ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 2015 ވަނަ އަހަރާއި އަޅާބަލާއިރު %10 ނުވަތަ 226 މިލިއަން ރުފިޔާގެ ކުރިއެރުމެއް ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން 2016 ވަނައަހަރު ސާފުފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބިފައި ވާއިރު މިއީ 2015 އާއި އަޅާ ބަލާއިރު މިއީ 16%ގެ ކުރިއެރުމެއް ކަމަށާއި 2016 ވަނަ އަހަރުގެ ތެރޭގައި ކުންފުންޏަށް ލިބުނު ރަނގަޅު ކާމިޔާބީގެ ފަހަތުގައިވަނީ އަހަރުތެރޭގައި ކުންފުނީގެ ތްރީޖީ، ފޯޖީ އަދި ފައިބަރ ނެޓްވާރކް ހަރުދަނާ ކުރުމަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓްތަކާއި ކަސްޓަމަރުންގެ ބޭނުންތަކާއި ގުޅޭގޮތަށް ފެކެޖްތައް ފަރުމާކުރުމަށް ކުރެވުނު މަސައްކަތްތައް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355