twitterviber whatsapp telegramfacebookyoutube instagram
7th May 2024

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ތައާރަފްކޮށްފި

Feb 5, 2017

ޏ.ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި އެވެ.

މިއަދު ބީއެމްލް ފުވައްމުލަކު ބްރާންޗްގައި ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފްއެވެ.

އާންމުކޮށް ފައިސާ ނެގުމުގެ އިތުރުން، މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވީ، އާ ސެލްފް ސަރވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ފުވައްމުލަކުގައި ޤާއިމްކުރެވުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުފަލެއް ލިބޭކަމަށާއި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށްކަމުގައިވާ ފުވައްމުލަކުގެ ވިޔަފާރިވެރިންނާއި އާންމުންގެ ބޭނުންތައް ފުއްދައިދިނުމަށް އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކުރުން ވަރަށް މުހިންމު ކަމަށެވެ.

އޭގެއިތުރުން މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355