twitterviber whatsapp telegramfacebookyoutube instagram
6th May 2024

ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް ނެޓްވޯކަށް 4000 ވަނަ މަރޗަންޓް އިތުރުކޮށްފި

Feb 6, 2017

ބޭންކް އޮފް މޯލްޑިވްސް ޕޮއިންޓް އޮފް ސޭލް (ޕޯއީއެސް) ނެޓްވޯކަށް 4000 ވަނަ މަރޗަންޓް އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެބޭންކުން ބުނެފި އެވެ.

4000 ވަނަ މަރޗަންޓަކަމުގައިވާ، އއ.ރަސްދޫ ރޯޔަލް އިން ގެސްޓް ހައުސް ގައި “އަހަރެންގެ ބޭންކް” ކެމްޕޭންގެ ދަށުން މިއަދު ބޭއްވި ހަފްލާގައި މި ލަނޑުދަނޑި ހާސިލްވުން ފާހަގަކޮށް އެ ގެސްޓް ހައުސްގެ މެނޭޖްމަންޓަށް ހަނދާނީ ފިލާއެއް ވަނީ ދީފައެވެ.

ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ދުނިޔޭގެ މަޝްހޫރު ހުރިހާ ކާޑުތައް ބަލައިގަނެއެވެ. އަދި ވިޔަފާރި ކުރުމަށްފަހު ފަސޭހަކަމާ ރައްކާތެރިކަމާއެކު ފައިސާދެއްކޭނެއެވެ.

ބީއެމްއެލްއިން މިހާރު ކުރިއަށް ގެންދާ “އަަހަރެންގެ ބޭންކު” ކޭޕެއިންގެ ދަށުން މި ފެބްރުއަރީ މަހުގެ ކޮންމެ ދުވަހެއްގައިވެސް މުޖުތަމައަށް ފައިދާ ހުރި ހަރަކާތެއް ބޭންކުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އާ ފެސިލިޓީތައް ހުޅުވުމާއި ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355