twitterviber whatsapp telegramfacebookyoutube instagram
6th May 2024

ބީއެމްއެލް އިން އަފީފުއްދީން ސުކޫލްގެ ދަރިވަރުންނަށް ފައިނޭންސިއަލް ލިޓަރަސީ ޕްރޮގުރާމްއެއް ހިންގައިފި

Feb 8, 2017

ބީއެމްއެލް އިން އަފީފުއްދީން ސުކޫލްގެ ދަރިވަރުންނަށް ފައިނޭންސިއަލް ލިޓަރަސީ ޕްރޮގުރާމްއެއް ހިންގައިފި އެވެ.

މި ޕްރޮގުރާމްގައި ވަނީ ބީއެމްއެލް އިން ލިބޭ ގިނަ ހިދުމަތް ތަކުގެ މައުލޫމާތު ހިއްސާކޮށްފައި އެވެ. އޭގެތެރެއިން ފަހަށް ފައިސާ ރަށްކާކުރުމަށް ބޭންކުން އެހީވެދޭ ކަންކަމާއި ފައިސާ ގެންގުޅެން ރާވާނެ ގޮތްތައް ވަނީ ކިޔައިދީފައި އެވެ. އެގޮތުން ލިބޭ އާމްދަނީ އިން ފުއްދައިގެން ބަޖެޓް ތައްޔާރު ކުރާނެގޮތްތަކާއި މުހިންމު ކަންކަމަށް އިސްކަންދީގެން ބަޖެޓެއް ކަނޑައަޅާ އެކަމަށް ހަރަދުކުރުމަށް ބޭންކުން އެހީވެދޭ ގޮތްތަކުގެ އިތުރުން ކިޔެވުމުގެ މުހިއްމުކަން އަދި އާމްދަނީއެއް ހޯދުމަށް ފަހިކުރަންވީ ކަންތައް ވަނީ ހިއްސާކޮށްފައި ވެއެވެ.

ކުޅުދުއްފުށީގައި މިޕްރޮގުރާމް ކުރިއަށް ގެންގޮސްފައި ވަނީ އަފީފުއްދީން ސްކޫލްގައި އެވެ. މީގެ އިތުރުން އައްޑޫ، ފ.ނިލަންދޫ، ޅ.ނައިފަރު އަދި މާލޭގެ ސުކޫލްތަކުގައި ވަނީ ީ މިޕްރޮގުރާމް ކުރިއަށް ގެންގޮސްފައި އެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދާ “އަހަރެންގެ ބޭންކް” މި ޝިއާރުގެ ދަށުން މުޖުތަމައަށް އެހީވުމަށްޓަކައި

ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

އޭގެތެރޭގައި އިމާދުއްދީން ސުކޫލްގެ 25 ދަރިވަރުންތަކަކަށް ވަނީ ބޭންކުން ދެމުން ގެންދާ ހިދުމަތްތަކުގެ މައުލޫމާތުދޭ ޝެޝަންއެއް މައި އޮފީހުގައި ބޭއްވިފައި އެވެ. އަދި އައްޑޫ، ތިނަދޫ އަދި ކުޅުދުއްފުށީގައި ބީއެމްއެލް އިން އިންތިޒާމްކޮށްގެން ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިއުމުގެ އިތުރުން މާލޭގައި ވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަށް ހިތްވަރުދިނުމުގެ ގޮތުން ކުޅިވަރު ފެސްޓިވަލްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ވަނީ ސެލްފު ސާރވިސް ބޭންކިން ސެންޓަރެއް ހުޅުވާފަ އެވެ. އަދި އެހެންމެ ބޭންކުގެ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ނެޓްވޯކަށް 4000 ވަނަ މާޗަންޓް ވެސް ވަނީ މި ކެންޕޭންގެ ތެރެއިން އިތުރުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355