twitterviber whatsapp telegramfacebookyoutube instagram
7th May 2024

ދިރާގުން އާ ޕެކޭޖްތަކެއް ތައާރަފުކޮށްފި

Feb 13, 2017

ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށްވެސް ބޭނުން ވަރަކަށް ކޯލާއި އެސްއެމްއެސް ކުރެވޭ އަދި ރާއްޖޭގައި އެންމެ ގިނަ ޑޭޓާ ހިމެނޭ ގޮތަށް 2 މޯބައިލް ޕޯސްޓްޕެއިޑް ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި އެވެ.

“ސްމާރޓް އެގްޒެކެޓިވް” ގެ ނަމުގައިވާ މި 2 މޯބައިލް ޕޯސްޓްޕެއިޑް ޕެކޭޖް ތަކަކީ “ސްމާރޓް އެގްޒެކެޓިވް 1499” އަދި “ސްމާރޓް އެގްޒެކެޓިވް 1999” އެވެ. މިއީ ވިޔަފާރި ވެރިންނާއި، އެގްޒެކެޓިވްސް އަދި ޕްރޮފެޝަނަލް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ހާއްސަ ކޮށްގެން ދިރާގުން ނެރުނު ޕެކޭޖްތަކެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އަދި “ސްމާރޓް އެގްޒެކެޓިވް 1499 ރުފިޔާ” ގެ ޕެކޭޖްގައި ބޭނުން ވަރަކަށް ކޯލް އަދި އެސްއެމްއެސް ކުރެވޭ އިރު، އެ ޕެކޭޖުން 30 ޖީބީ ޑޭޓާ ލިބޭނެ ކަމަށާއި “ސްމާރޓް އެގްޒެކެޓިވް 1999 ރުފިޔާ” ގެ ޕެކޭޖްގައި ބޭނުން ވަރަކަށް ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭ އިރު، 45 ޖީބީގެ ޑޭޓާ ލިބޭނެ ކަމަށެވެ.

މި ދެ ޕެކޭޖުން ވެސް ޑޭޓާ އެލަވަންސް ހުސްވިޔަސް އެކްސެސް ޗާޖެއް ނޯންނާނެ ކަމަށާއި މީގެ އިތުރުން ދެޕެކޭޖުންވެސް، ހިޔާރު ކުރާ ރާއްޖެއިން ބޭރުގެ ކޮންމެވެސް އެއްގައުމަކަށް ގުޅާ އިރު %50 ގެ ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355