twitterviber whatsapp telegramfacebookyoutube instagram
7th June 2026

ބީއެމްއެލް ގިފްޓް ކާޑު ގަންނަން ލިބެން ހުންނަ ފިހާރަތައް އިތުރުކޮށްފި

Feb 13, 2017

ބީއެމްއެލްގެ ގިފްޓް ކާޑު މާލޭގެ ރީޓެއިލް ވިޔަފާރި ކުރާ ގިނަ އަދަދެއްގެ ތަންތަނުން ގަންނަން ލިބޭން ހުންނާނެ ކަަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރުމަށް ސިވިލް ކޮފީ ސޮސައިޓީ ކެފޭގައި އިއްޔެ ބޭއްވި ކުޑަ ހަފްލާއެއްގައި ވަނީ، ހަފްލާއަށް ޒިޔާރަތްކުރި މެހެމާނުންނަށް “އަހަރެންގެ ބޭންކް”ގެ ހާއްސަ ގިފްޓްކާޑު ހަދިޔާކޮށްފަ އެވެ.

ހަފްލާގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ބުނެފައި ވަނީ ގިފްޓް ކާޑަކީ ރަހުމަތްތެރިންނާއި ލޯބިވާ މީހުންނަށް ދޭން އެންމެ ރަގަޅު އެއް ހަދިޔާ ކަމަށާއި ވަރަށް ރީތިކޮށް ޑިޒައިންކޮށްފައިވާ މި ކާޑަކީ ނަގުދު ފައިސާ ހަދިޔާގެ ގޮތުގައި ދިނުމުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ކަމަށެވެ.

މިދިޔަ އަހަރު ލޯންޗުކުރި ބީއެމްއެލް ގިފްޓް ކާޑަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް އަދި ގަންނަ ވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ. މާސްޓަރ ކާޑާއި ގުޅިގެން ބީއެމްއެލްއިން ތައާރަފްކުރި ގިފްޓް ކާޑުގައި 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އަދި 1000 ރުފިޔާ ބޭނުންކުރެވޭނެ ކާޑު ހުރެއެވެ. ގިފްޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވޯކްކަމުގައިވާ ބީއެމްއެލް ޕީއޯއެސް މެޝިން ބޭނުންކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355