twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ބީއެމްއެލްއިން ޔޫއެސް ޑޮލަރަށް ހާއްސަ އާ އޭޓީއެމް ސެންޓަރެއް ހުޅުވައިފި

Feb 18, 2017

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހުޅުވައިފިއެވެ.

މި އޭޓީއެމް ސެންޓަރ އިފްތިތާހުކޮށްފައިވަނީ މިއަދު އޮތް ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ އާއި ބޭންކުގެ ޗެނަލް މެނޭޖްމަންޓް އަދި އޭޓީއެމް މެނޭޖްމަންޓް ޓީމްގެ މުވައްޒަފުންނެވެ.

ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވެފައި ވަނީ މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތްތައް ފަސޭހަ ކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށާއި މިކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ކަސްޓަމަރުން ޑޮލަރުގެ މުއާމަލާތްކުރުމަށް ބްރާންޗްތަކަށް ދިޔުމުގެ ބަދަލުގައި މި އޭޓީއެމްތައް ބޭނުންކޮށްފައިވާކަން ވަނީ ފާހަގަކޮށްފައި އެވެ.

“އަހަރެންގެ ބޭންކް” ކެމްޕޭންގެ ހާއްސަ ހަރަކާތުގެ ގޮތުގައި އިފްތިތާހުކޮށްފައިވާ މި ތިން އޭޓީއެމް ތަކުން 24 ގަޑިއިރު ހިދުމަތް ހޯދޭނެ ކަމަށާއި ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފަރ ގެ ހިދުމަތްވެސް މި އޭޓީއެމްތައް ބޭނުންކޮށްގެން ހޯދޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355