twitterviber whatsapp telegramfacebookyoutube instagram
30th June 2025
ADVERTISEMENT

ބީއެމްއެލްއިން ތިން ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފި

Feb 18, 2017

މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ބާއްވާ “ބީއެމްއެލް ސްޓާފް ޗެރިޓީ ރަން” ގައި 3 ޖަމިއްޔާއަކަށް ފައިސާގެ އެހީ ދީފިއެވެ.

“އަހަރެންގެ ބޭންކް” ކެމްޕޭން ހަރަކާތެއްގެ ގޮތުގައި އިއްޔެ ހެނދުނު ކުރިޔަށް ގެންދިޔަ މި ދުވުމުގައި ބީއެމްއެލްގެ 250 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައި އެވެ. ހެނދުނު 6:30 ގައި ބީއެމެއެލްގެ ހެޑް އޮފީސް ކުރިމަތި ފަށާފައިވާ ދުވުން ނިންމާލީ ރަސްފަންނު ސަރަހައްދަށެވެ.

ރަސްފަންނު ސަރަހައްދުގައި ބޭއްވި މިހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ ފައިސާގެ އެހީދިން ޖަމިއްޔާތަކަށް ރަމްޒީ ޗެކް ހަވާލުކޮށްދެއްވާފައެވެ.

މިއަހަރުގެ ” ބީއެމްއެލް ސްޓާފް ޗެރިޓީ ރަން” ގައި ފައިސާގެ އެހީ ދިން ޖަމިއްޔާތަކަކީ މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއަރޑް ސޮސައިޓީ އަދި މެންޓަލް ހެލްތު އެވެއަރނަސް ފައުންޑޭޝަންއެވެ. މިއިން ކޮންމެ ޖަމިއްޔާއަކަށް ވަނީ 30,000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާތަކުން ކުރިޔަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރޭވުމަށެވެ.

“އަހަރެންގެ ބޭންކް” ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާއި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެއް ކަމަށާއި މިކެމްޕޭންގެ ތެރެއިން މި ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ފައިދާ ހުރި ހަރަކާތެއް ބޭންކުން ދަނީ ކުރިޔަށް ގެންދަމުން ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com