twitterviber whatsapp telegramfacebookyoutube instagram
8th May 2024

ބީއެމްއެލްއިން އައްޑޫގައި އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް ގާއިމްކޮށްފި

Feb 20, 2017

އައްޑޫ ސިޓީ ހިތަދޫގައި ބޭންކް އޮފް މޯލްޑިވްސްއިން އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލްގެ ސީއީއޯ ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ، ކަސްޓަމަރުންނަށް އެހީތެރިވުމަށް މުވައްޒަފުން އަދާކުރަންޖެހޭ ދައުރަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން ވިދާޅުވީ ބޭންކުގެ ކަސްޓަމަރުންގެ އަދަދު މިދިޔަ އަހަރު އެކަނިވެސް 20000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅުނު ކަމަށާއި ކަސްޓަމަރ ސާވިސް އަކީ ބީއެމްލްގެ ހިދުމަތްތައް ބައްޓަން ކުރުމުގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ.

އެހެންކަމުން މޮބައިލް އެޕް ފަދަ އޮންލައިން ޓެކްނޮލަޖީ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ހިދުމަތްތައް ކަސްޓަމަރުން ހޯދުމަށް ބޭންކުން ހިތްވަރު ދިން ނަމަވެސް އެފަރާތްތަކުން ބްރާންޗްތަކަށް ނުވަތަ ބިޒްނަސް ސެންޓަރތަކަށް ނުވަތަ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް އަޅުގަނޑުމެންގެ މުވައްޒަފުންނާ ސީދާ މުއާމަލާތްކުރެވޭނެ ގޮތްތައް ހުރުން މުހިންމުކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355