twitterviber whatsapp telegramfacebookyoutube instagram
19th April 2025

ބީއެމްއެލް ކޭޝްލެސް ރައިޑްގެ ހިދުމަތް އިފްތިތާހުކޮށްފި

Feb 21, 2017

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓްކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފައިސާ ދެއްކޭނެ ފަސޭހަ ހިދުމަތެއް ކަމުގައިވާ “ބީއެމްއެލް ކޭޝްލެސް ރައިޑް” މިއަދު އިފްތިތާހުކޮށްފި އެވެ.

މި ހިިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވެފައި ވަނީ މި ފަދަ ފަސޭހަ ހިދުމަތެއް ތައާރަފް ކުރެވުމުން ޓްރެފިކް ބޮޑު މަގުތަކުގައި ޓެކްސީ ދަތުރަށްފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.

“އަހަރެންގެ ބޭންކް” ކެމްޕޭންގެ ދަށުން ތައާރަފް ކުރެވުނު މި ހިދުމަތުގައި ފައިސާ ދެއްކުމަށް ބޭނުންކުރާނީ ޓެކްސީތަކުގައި ހަރުކޮށްފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންއެވެ. ބީއެމްއެލްއިން ގަބޫލުކުރާ ކޮންމެ ކާޑެއް ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކުމުން، ފައިސާ ދެއްކި ކަމުގެ ރަސީދެއް ލިބޭނެ ކަމަށާއި ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންޓެކްޓް ލެސް ޕޭމަންޓް ކަމަށްވާ މޮބައިލް ޕޭ ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355