twitterviber whatsapp telegramfacebookyoutube instagram
23rd November 2024

ނާސާއިން ދުނިޔެ ވަރުގެ 7 ޕްލެނެޓެއް ހޯދައިފި

Feb 23, 2017

ދުނިޔެވަރުގެ ހަތް ޕްލެނެޓެއް ސޯލާ ސިސްޓަމްގެ ބޭރުން ފެނިއްޖެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ޖައްވީ އިދާރާ ކަމަށްވާ ނާސާ އިން އިއުލާން ހާމަކޮށްފިއެވެ.

ނާސާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޭ މިކަން ވަނީ ހާމަކޮށްފައި އެވެ. މީގެ އިތުރުން ނާސާއިން ވަނީ މިކަން ހާމަކޮށް ވީޑިއޯއެއްވެސް ޓްވީޓް ކޮށްފައިއެވެ.

Around a nearby, cold, small star we found 7 rocky Earth-size planets, all of which could have liquid water – key to life as we know it. pic.twitter.com/C2JWjDfBdK

— NASA (@NASA) February 22, 2017

މިޕްލެނެޓްތައް ހޯދިފައި ވަނީ ކެނެރީ އައިލެންޑްސްގައި ހުރި ޓެލެސްކޯޕެއް އެހީގައި، ދުނިޔެ އާއި 39 އަލި އަހަރު ދުރު ސޯލާސިސްޓަމެއްގެ ތެރެއިންނެވެ. ޖުމްލަ ހަތް ޕްލެނެޓް ފެނިފައިވާއިރު މީގެ ތެރެއިން ތިން ޕްލެނެޓްގައި އިންސާނުންނަށް ދިރިއުޅެވިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ނާސާއިން ހާމަކުރާ ގޮތުގައި މި ޕުލެެނެޓްތަކަކީ ދުނިޔެއާއި އެއްވަރު މިނެއްގައި ހުރި، ހިލައިން އުފެދިފައި އަދި އެތެރޭގައި ފެން ހުރި ޕްލެނެޓްތަކަކަށް ވުން ވަރަށް އެކަށީގެންވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355