twitterviber whatsapp telegramfacebookyoutube instagram
24th December 2025

ބީއެމްއެލްގެ ބުރާންޗް، އިހަވަންދޫ އާއި ހޯރަފުށީގައި ހުޅުވައިފި

Feb 23, 2017

ހއ އަތޮޅުގެ ދެ ރަށެއްގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެމް) ބުރާންޗު ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލްގެ ބުރާންޗު ހުޅުވައި، މިއަދު ހިދުމަތް ދޭން ފެށި ދެ ރަށްށަކީ ހއ ހޯރަފުއްޓާއި އެއަތޮޅު އިހަވަންދޫގަ އެވެ.

ބޭންކުގެ މި ދެ ބްރާންޗްވެސް ހުޅުއްވައިދެއްވީ ވަކިވަކިން ދެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އާއި އެދާއިރާގެ މަޖިލިސް މެމްބަރުންނެވެ.

މި ދެ ބްރާންޗްގައި 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. ރަސްމީ ގަޑީގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމުގެ މަސައްކަތްތައް އަދި ކާޑުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

ހޯރަފުށީގައި މިއަދު ހުޅުވި ބީއެމްއެލްގެ ބުރާންޗު–ފޮޓޯ: ކައުންސިލް

މީގެ އިތުރުން މި ދެ ބްރާންޗްގައިވެސް  ސެލްފް ސާވިސް އޭޓީއެމް އެއް  ހުރެ އެވެ. އަދި ބީއެމްއެލް އިން ލިބޭ އާއްމު ހިދުމަތްތަކަށް ވެސް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މިތަނުން ކޮންމެ  ބްރާންޗެއްގައިވެސް  މިވަގުތު މަސައްކަތްކުރާނީ ތިން މުވައްޒަފެކެވެ.

މި ދެ ބުރާންޗާ އެކު ބީއެމްއެލްގެ ބުރާންޗުތަކުގެ އަދަދުވަނީ 33 އަރާފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 80 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 22 ރސެލްފްސަރވިސް ބޭންކިންގ ސެންޓަރު އަދި 5 ދޯނި ބޭންކިންގެ ހިދުމަތް މިހާރު ބީއެމްއެލްއިން ދަނީ ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355