twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ބީއެމްއެލްއިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ހަދިޔާ ބަހައިފި

Feb 26, 2017

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަރާތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ހަދިޔާ ބަހައިފި އެވެ.

މިހާރު ބީއެމްއެލްއިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކު، ދިވެހީންގެ ބޭންކު” ކެމްޕެއިންގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުންވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތިބި ބަލި މީހުން ކައިރިއަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު އަހުވާލުވާ އޮޅުން ފިލުވާ، ހަދިޔާ ބަހާފައިވެ އެވެ.

މިއަދު ހަވީރު ކުރިއަށްގެންދިޔަ މިހަރަކާތުގައި ބީއެމްއެލް ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރު އައިޝަތު އަބުދުއްރަހީމްވެސް ވަނީ ބައިވެރިވެލައްވާފަ އެވެ.

މިހަރަކާތުގެ ތެރެއިން ބަލި މީހުންގެ އިތުރުން އެވަގުތު ޑިއުޓީގައި އުޅުއްވި ބައެއް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ބައެއް މުވައްޒަފުންނަށްވެސް ހަދިޔާދީފައިވެ އެވެ.

ބީއެމްއެލްއިން މިހާރުން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް، ދިވެހީންގެ ބޭންކް” މިކެމްޕެއިންގެ ތެރެއިން ގިނަ ހަރަކާތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355