twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ވިލާ ކޮލެޖުގައި މެއި މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

Mar 4, 2017

ވިލާ ކޮލެޖުގައި 2017 ވަނަ އަހަރު މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މެއި މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އިންފޮރމޭޝަން ޓެކްނޮލޮޖީ،ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، ހިއުމަން ރިސޯސަސް, އެކައުންޓިންގ، ޕަބްލިކް ހެލްތް، ރިސާރޗް އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 54 ކޯހެއްގައި އެވެ.

މިގޮތުން މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 6 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 3 ކޯހަކާއި، ޑިގްރީ ފެންވަރުގެ 14 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 6 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 9 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 8 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ ކޯސްތައް ހިމެނެއެވެ.

އެގޮތުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ގާއިމް ކުރެވިފައި ހުރި ވިލާ ކޮލެޖުގެ ކެޕަސްތަކުގައި މީގެ ތެރެއިން ބައެއް ކޯސްތަށް ވަނީ ފެށުމަށް ހަމަޖެހިފަ އެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުންް ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ ތާރީހަކީ 10 އޭޕްރީލް 2017 އެވެ. މި ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ފުރަތަމަ ދެހަފްތާ ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355