twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކުޅުދުއްފުށީގެ ހީވާގި ކަނބަލަކަށް ރެހެންދި އެވޯޑް ލިބިއްޖެ

Mar 8, 2017

މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް ކުޅުދުއްފުށީގެ ހީވާގި ކަނބަލަކަށް ލިބިއްޖެ އެވެ.

ރެހެންދި އެވޯޑް ލިބިފައިވަނީ ކުޅުދުއްފުށީ، އަމާޒް/ އައިމިނަތު މަޖީދާއަށެވެ. މަޖީދާއަށް މި އެވޯޑް ލިބިފައިވަނީ އިގުތިސާދީ ދާއިރާއިންނެވެ.

މަޖީދާއަކީ މިހާރުވެސް ކުޅުދުއްފުށީ ކައުންސިލް މެމްބަރެކެވެ. މަޖީދާ ފާހަގަކުރެވިފައިވަނީ ކުޅުދުއްފުށީގައި ކަންކަމުގައި އިސްނަގައިގެން އަންހެނުން ބާރުވެރިކުރުމަށް ހީވާގި ކަމާއެކު މަސައްކަތް ކުރައްވާ ކަނބަލެއްގެ ގޮތުގަ އެވެ.

މަޖީދަ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ–

މަޖީދާގެ އިތުރުން 3 ކަނބަލަށްވެސް ވަނީ މިއެވޯޑް ލިބިފަ އެވެ. އެއީ ސިޔާސީ އަދި އާއްމު ހިދުމަތުގެ ދާއިރާއިން ނ. ވެލިދޫ، ދިއްގާމާގެ/ ނަޒީރާ އިބުރާހިމް މަނިކު އާއި އިޖްތިމާއީ ދާއިރާއިން ކ.މާފުށި، ޒީޝަން/ ސާމިޔާ ޒަކަރިއްޔާ އާއި އިޖުތިމާއީ ދާއިރާއިން މ. ޖަވާހިރުވާދީ/ އިފްހާމް ހުސެއިންނެވެ.

ރެހެންދި އެވޯޑް ދިނުމުގެ ބޭނުމަކީ ގައުމީ ހިދުމަތަށް އަންހެނުންނަށް ބާރު އަޅާ، މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެނުން ފާހަގަ ކުރުމެވެ.

އަދި އަދި ގައުމީ ހިދުމަތުގައި މަސައްކަތް ކުރާ އަންހެނުންނަށް ހިތްވަރު ދީ އެމީހުންގެ އަގު ވަޒަންކޮށް، ޖަމާއަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމެވެ.

މީގެ އިތުރުން އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފް ކޮށް އެދާއިރާތަކަށް އަންހެނުން ނެރުމަށް ބާރު އެޅުމެވެ.

ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355