ރާއްޖޭގެ ގެސްޓްހައުސް ދާއިރާއަށް ދިމާވާ މުއާސަލާތީ ދަތިތައް ދިރާސާކޮށް ހައްލު ހޯދައިދިނުމަށް އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އާއި ޕާރޓްނަރ ވެއްޖެ އެވެ.
އުރީދޫއިން ޖީއޭއެމް އާއި ގުޅުމަށް ސޮއި ކުރެވުނު އެގްރިމެންޓްގެ ދަށުން ޖީއޭއެމްގައި ރަޖިސްޓަރ ކުރެވިފައިވާ ކުންފުނިތަކަށް ގެސްޓްހައުސް ދާއިރާ އަށް ހާއްސަ ހިދުމަތްތަކުން ޑިސްކައުންޓްތައް އުރީދޫ އިން ފޯރުކޮށްދޭނެއެވެ.
އެގޮތުން އުރީދޫއަކީ ދުނިޔޭގެ ފެންވަރުގައި ވިޔަފާރިތަކަށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަކަށް ވެފައި ގެސްޓްހައުސްތަކަށް ދިމާވާ ތަފާތު މުއާސަލާތީ ދަތިތައް ދިރާސާކޮށް ދިރާސާތަކުގެ އަލީގައި ގެސްޓްހައުސް ވިޔަފާރިތަކަށް ފައިދާކުރާނެ ސްމާޓް ހިދުމަތްތައް ފޯރުކޮށްދެވި ގެސްޓްހައުސްތަކަށް ޒިޔާރަތް ކުރާ ދަތުރުވެރިން ބޭނުންވާ ފެންވަރުގެ ކަނެކްޓިވިޓީ އުރީދޫއިން ފޯރުކޮށްދޭނެ އެވެ.
މީގެ އިތުރުން އުރީދޫގެ ނޭޝަންވައިޑް 4G+ ނެޓްވަރކް އަދި ބްރޯޑްބޭންޑް ހިދުމަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެތުރިފައިވާ ވިޔަފާރިތަކަށް ވެސް ގިނަގުނަ ފައިދާ ލިބެމުންދާ ކަމަށާއި ކަސްޓަމަރުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެގޮތުން ކަސްޓަމަރުން ކުރާ ހަރަދުތަކާ އެކަށޭނަ ކުރިއެރުމެއް ހޯދައިދީ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ފަހުގެ ޒަމާނީ އުފެއްދުންތަކާއި ހިދުމަތްތައް އުރީދޫ ބިޒްނަސް އިން ފޯރުކޮށްދެމުންދާ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
އުރީދޫގެ އިތުރުވަމުންދާ ބިޒްނަސް ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަމާގުޅޭ ތަޖުރިބާކާރުން ގުޅުވާލަދޭ އެންޓަޕްރައިސް ސަޕޯރޓް ސެންޓަރއެއް ވަނީ އެކުންފުނިން ދާދި ފަހުން ތައާރަފްކޮށްފައެވެ. މި ސަޕޯޓް ސެންޓަރުން އުރީދޫ ބިޒްނަސްގެ ހިދުމަތްތައް މޮނީޓަރކޮށް 24ގަޑިއިރު ހިދުމަތްދޭ ސަޕޯޓް ހޮޓްލައިނެއް ގާއިމްކޮށް ޑިޖިޓަލް ޓެކްނޮލޮޖީއަށް ބަރޯސާވާ ވިޔަފާރިތަކަށް ބޭނުންވާ އަވަސް އެހީ ފޯރުކޮށްދޭނެއެވެ.