twitterviber whatsapp telegramfacebookyoutube instagram
19th September 2025

ބައިވެރިޔާއަށް ތިމާ ބޭނުންވާ މިނިވަންކަން ނުދެވޭނަމަ އެއީ މައްސަލައެއް!

May 18, 2017

ތިމާގެ ބައިވެރިޔާގެ އިތުރުން އާއިލާއާއި އެކުވެރިންނަކީ ތިމާގެ ދިރިއުޅުމުގައި މުހިއްމު ދައުރެއް އަދާ ކުރާބައެކެވެ. ހަމަ އެގޮތައް ތިމާއަށް އެމީހުންގެ އެހީތެރިކަމަށް ވެސް ބޭނުންވާނެ ބައެކެވެ. އެކުވެރިންނާއި އާއިލާއާއި އެކު ވަގުތު ހޭދަކުރުމުގެ އިތުރުން ކޮންމެ މީހަކީ އަމިއްލަ ކަންކަމަށް ކޮންމެވެސް ވަރެއްގެ އެކަނިވެރި ކަމަށް ލޯބި ކުރާނެ ބައެކެވެ. މި މިނިވަންކަން ތިމާގެ ބައިވެރިޔާގެ ފަރާތުން ތިމާއަށް ނުލިބޭނަމަ އެއީ މައްސަަލައެކެވެ.

ކޮންމެ ގުޅުމެއްގައިވެސް މައްސަލަ ޖެހޭނެއެވެ. އެހެންނަމަވެސް ދެމީހުންނަށް އިތުބާރުކޮށް މައްސަލަ ހައްލުކުރަން ޖެހޭނެ އެވެ. އިތުބާރު ގެއްލިއްޖެނަމަ އެ ގުޅުމުގެ ސިއްކަ ޖެހުން ވަރަށް ގާތްވާނެ އެވެ. އިތުބާރު ދެމެހެއްޓުމަށް ދެމީހުން ދެމީހުންނަށް ބޭނުންވާ “ސްޕޭސް” ދިނުންވެސް އެއީ މުހިއްމު ކަމެކެވެ.

ލޯބިވާނަމަ އެކަކަށްވެސް ދެރައެއް ލިބޭކަން ނޭދޭނެ އެެވެ. ކުށެއް ރަނގަޅު ކުރަން ބުނެފިނަމަ އެއީ ދެފަރާތުންވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި ތިމާއަށް ރަނގަޅު ބަދަލެއްގެންނަށް ބުނެފިނަމަ އެއީވެސް ކުރެވޭނެ ކަމެކެވެ. އެހެންނަމަވެސް ލޯބިވެރިޔާނަމަ ތިމާގެ މައްޗަށް ފުރިހަމަ ކޮންޓޯލް ދިނުން އެއީ ރަނގަޅު ގޮތެއްނޫނެވެ. އަދި ދެފަރާތުގެ އިތުބާރު ދެމެހެއްޓުން އެއީ ގުޅުން ދަމަހައްޓަން ބޭނުންނަމަ މުހިއްމު ކަމެކެވެ. މިނިވަންކަން ދިނުމުގެ މާނަ އަކީ އޭގެ ނާޖާއިޒް ފައިދާ ނެގުމެއް ނޫނެވެ. މިކަން ބައިވެރިޔާއަށް ނުވިސްނޭނަމަ އެކީގައި ދިރިއުޅުމެއް ނުފެންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355