twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުރީދޫ އިން ރާއްޖެއަށް ސްޕޫލް ތައާރަފްކޮށްފި

Mar 21, 2017

އިންޑިއާގެ މަގްބޫލް އެންޓަޓެއިންމަންޓް ކޮންޓެންޓް ޕްލެޓްފޯމް ކަމަށްވާ ސްޕޫލްގެ ޕްރީމިއަމް ވަރޝަން އުރީދޫއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި މި ހިދުމަތް މެދުވެރިކޮށް 10000 ގަޑިއިރު ހިމެނޭ ބޮލީވުޑްގެ އެންމެ ފަހުގެ ފިލްމްތަކުން ފެށިގެންގޮސް އެންމެ ކުރީގެ ފިލްމުތައްވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

އަދި ސްޕޫލްގެ ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ސްމާޓް ޑިވައިސް އެއްގައިވެސް މި ޕްލެޓްފޯމުން ފޯރުކޮށްދޭ ގިނަގުނަ ފިލްމުތައް ބަލާލެވޭނެ ކަމަށެވެ.

އެގޮތުން ޕްރީމިއަމް ވަރޝަން އަށް އަޕްގްރޭޑް ކުރުމާއި އެކު، ސްޕޫލް އިން ފޯރުކޮށްދޭ ހުރިހާ ފައިދާތައް ތަޖުރިބާކުރެވޭނެ ކަމަށާއި އެއީ ޕްރީމިއަމް ކެޓަލޮގް އަންލިމިޓެޑް އެކްސެސް ލިބުމާއި ފޯނު އަދި ޓެބްލެޓް މެދުވެރިކޮށް ފިލްމް ޑައުންލޯޑުކުރުމާއި އެއްވެސް އިސްތިހާރެއް ނުވަތަ މެދުކެނޑުމަކާ ނުލާ ފިލްމު ބަލާލުން އަދި ފޯނު، ޓެބްލެޓް، ޕީސީ، މެކް އަދި ޓީވީ މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ބޭނުން ފިލްމެއް ބަލާލުން ކަމަށެވެ.

3 ޕެކޭޖް އަކަށް ބަހާލައިގެން ތައާރަޕްކޮށްފައިވާ މި ސްޕޫލްގެ ޕެކޭޖްތަކަކީ ތިން ރުފިޔާގެ “ސްޕޫލް މޫވީޒް 3” ޕެކޭޖު، 25 ރުފިޔާގެ “ސްޕޫލް މޫވީޒް 25” ޕެކޭޖް، 75 ރުފިޔާގެ “ސްޕޫލް މޫވީޒް 75″، އަދި 180 ރުފިޔާގެ ސްޕޫލް މޫވީޒް ޕެކޭޖެވެ. މި ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރުމަށްޓަކައި “GO” ޖެހުމަށްފަހު 4545 އަށް މެސެޖު ފޮނުވުމުގެ އިތުރުން ސްޕޫލްގެ ވެބްސައިޓު

މެދުވެރިކޮށް، އުރީދޫގެ ޕެކޭޖުތަކުގެ ތެރެއިން ކޮންމެވެސް އެއް ޕެކޭޖެއް އިހްތިޔާރު ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ކުރިއަށްއޮތް ތަނުގައިވެސް، އުރީދޫއިން މަސައްކަތްކުރަމުން ގެންދާނީ، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން، ކަސްޓަމަރުންނަށް ކަމުދާ ހިދުމަތްތަކާއި، އެޕްތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޑިޖިޓަލް އެކްސްޕިރިއަންސް އަށް އިތުރު ފުރިހަމަކަމެއް ހޯދައިދިނުމަށް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355