twitterviber whatsapp telegramfacebookyoutube instagram
7th November 2025

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Mar 25, 2017

އުރީދޫ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި ެޗްޑީސީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު ސައިމަންއެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހާ އެވެ.

އުރީދޫގެ އަމާޒަކީ މުވައްޒަފުންނާއި ގުޅޭ މަސައްކަތް ކުރަން ދާހިތްވާ ފަދަ މާހައުލެއްގެ ގޮތުގައި އައު ހެޑްކުއާޓަރޒް ބިނާކުރުން ކަމަށާްއި މިގޮތުން އެ އިމާރާތުގައި ކެފޭއެއް އަދި ފިޓްނެސް ސެންޓަރ އެއްގެ އިތުރުން އުރީދޫގައި މަސައްކަތް ކުރާ މައިންބަފައިންގެ ފަސޭހައަށް ގާއިމްކުރެވޭ ޑޭކެއަރ ސެންޓަރ އެއްވެސް ހިމެނޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫގެ ފްލޭގްޝިޕް ބިލްޑިންގް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހުގެ ތެރޭގައި ފެށިގެންދާނެއެވެ. ހަމައެއާއި އެކު، އެކުންފުނިން މަސައްކަތް ކުރަމުން ދާނީ 18 މަސްދުވަސް ތެރޭގައި ހެޑްކުއާޓަރސްގެ މަސައްކަތް ނިންމުމަށެވެ.

ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ހުޅުމާލޭގައި ހެޑްކުއާޓަރޒް ގާއިމްކުރާ އެންމެ ފުރަތަމަ ކުންފުންޏަށް ވުމުގެ އިތުރުން އުރީދޫ ވެގެންދާނީ ހުޅުމާލޭގައި މައި ހެޑްކުއާޓަރ ގާއިމް ކުރާ ފުރަތަމަ މަލްޓި ނެޝަނަލް ކުންފުންޏަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355