ސިއްހީ މައްސަލަތައް ލޮލުން ދެނެގަންނާނެ ގޮތް

ޚަދީޖާ އާދަމް - 5 މަސް ކުރިން - 16 އެޕްރީލް 2017



ސިއްހީ މައްސަލައެއް ދިމާވެއްޖެނަމަ ތިމާގެ ހަށިގަނޑުން އެކަން އެނގޭނެ އެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކުންވެސް އެކަން ފާހަގަ ވާނެ އެވެ. އެގޮތުން ލޮލަކީ ގިނަ ސިއްހީ މައްސަލަތައް ދެނެގަނެވޭނެ އެއްޗެކެވެ.

ލޯރަތް ވުން
އެންމެނަކީ މަސައްކަތުގެ މާހައުލުގައު ބުރަކޮށް އުޅޭ ބައެކެވެ. ކޮމްޕިއުޓަރ ކައިރީގައި ބިޒީކޮށް އެތަށް އިރަކު މަސައްކަތް ކުރަން ބައެކެވެ. އެހެން ނަމަވެސް މިއީ ސިއްހީ ގޮތުން ނުރައްކާތެރި ކަމަކެވެ. ގިނަ އިރު ކޮމްޕިއުޓަރ ކައިރީ އިދެ މަސައްކަތް ކުރުމަކީ ލޯ ރަތް ވުމަށް ދިމާވާ ކަމެކެވެ. އެހެން ވުމުން ލޮލުން ދިލަ ނަގާ ލޮލުގެ ފެނުމަށް ގޮތްވެއެވެ. ލޮލުގެ ތެއްކަން ދަށްވެ އެކި ސިއްހީ މައްސަލަތަކާ ކުރިމަތިވެއެވެ.

ބުމައިން އިސްތަށި ފޭބުން
ހާސްވެ ކަންބޮޑުވުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިންސް އަދި މިނަރަލްސް ނުލިބުން ނުވަތަ އިމިއުން ސިސްޓަމަށް ދިވާމާ މައްސަލައަކުން ވެސް މިހެން ދިމާވެދާނެއެވެ. ނުވަތަ ތައިރޮއިޓް އަދި ހޯމޯންސްއަށް އަންނަ ބަދަލަކުންވެސް މި މައްސަލަ ކުރިމަތި ވެދާނެއެވެ. އެހެން ކަމުން މި މައްސަލަ ދިމާވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ބުއްދިވެރިއެެވެ.

ލޯ ފުސްވުން

އެއްޗެއް ކިޔާއިރު ނުވަތަ ބަލާއިރު ވަކި ހިސާބެއް ފުސްވެފައި ހުރުން އެއީ ވެސް ދިމާވާ މައްސަލައެކެވެެ. ހަކުރު ބަލި ހުންނަ މީހުން މިއީ އާންމު މައްސަލަ އެކެވެ. އާންމުކޮށް މިހެން ވަނީ ބްލަޑް ވެސަލްސް ހަލާކުވެ ލޮލުގެ ފަހަތުގައި އިންނަށް ލޭޔާގެ ޓިސޫތައް ހަލާކުވުމުން ނެވެ.

ހުދު ކަޅިއަށް ދޮން ކުލައެއް އެރުން

މި މައްސަލަ އާންމުކޮށް ދިމާވަނީ އަލަށް ވިހާ ތުއްތު ކުދިންނަށެވެ. އެހެންނަމަވެސް ބޮޑެތި މީހުންނަށްވެސް މި މައްސަލަ ދިމާވެއެވެ. ލިވާއަށް ނުވަތަ ގަލްބްލެޑާރ އަށް މައްސަލައެއް ދިމާވެއްޖެނަމަ ހުދު ކަޅި ދޮންވެދާނެ އެވެ. މި މައްސަލަ ދިމާވެއްޖެނަމަ ފަރުވާ ކުޑަނުކޮށް އަވަހަށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ.


ގުޅުން ހުރި ލިޔުންތައް