twitterviber whatsapp telegramfacebookyoutube instagram
8th June 2025

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޖޫރިމަނާތައް މީރާއިން މައާފުކޮށްދެނީ

Apr 13, 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.

މީރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޖޫރިމަނާއަށް މައާފުކުރުމަށް މިހާރު ވެސް އެ އޮތޯރިޓީން އަމަލުކުރަމުންދާ އުސޫލުގެ އިތުރުން، މިއީ ކުދި ވިޔަފާރިތަކަށް ދޭ ހާއްސަ އިނާޔަތެއް ކަމަށާއި ޖޫރިމަނާތައް މާފުކޮށްދިނުމަށް އެދި 30 ޖޫން 2017 ގެ ކުރިން އެ އޮތޯރިޓީއަށް ފޯމް ހުށައެޅުމަށެވެ.

އޭގެ އިތުރުން އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން ބީ.ޕީ.ޓީ އަދި ޖީ.އެސް.ޓީ އާ ގުޅިގެން މިމަހުގެ ނިޔަލަށް އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް ލުއި ކޮށްދިނުމަށް އެ އޮތޯރިޓީއަށް ފޯމް ހުށަހެޅުމަށް މީރާއިން ވަނީ ބުނެފައި އެވެ.

މީގެ އިތުރުން މި އަހަރުގެ ތެރޭގައި މީރާއިން ވަނީ ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ގިިނަ ލުއިތަކެއް ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355