ވޭތުވެދިޔަ ފެބުރުއަރީ މަހު އަދި ހުސްވި މާރިޗު މަހު ވެސް މީރާއިން 1 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން އާންމު ކުރިި ތަފާސްހިސާބުގައި ވެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ތަރާސްހިސާބުގައި ވާގޮތުގައި މާރިޗު މަހު މީރާ އަށް 1.32 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށެވެ.
އަދި މިއީ 2016 ވަނަ އަހަރުގެ މާރިޗު މަހާ އަޅާ ބަލާއިރު 19.2 އިންސައްތަ އިތުރު އަދަދެއް ކަމަށާއި އޭގެ މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީ، އެއަރޕޯޓް ސަރވިސް ޗާޖް، ލޭންޑް އެކުއިޒިޝަން ފީ އާއި ފަހަކަށް އައިސް ނަގަންފެށި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރަށްވުރެ އިތުރުވުން ކަމަށެވެ.
އޭގެ އިތުރުން މީރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަހަރުގެ މާރިޗު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިން ކަމަށާއި އެއީ %50.4 ނުވަތަ 665.9 މިލިއަން ރުފިޔާ ކަމަށެވެ. ދެން މާރިޗު މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (275.1 މިލިއަން ނުވަތަ %20.8) އިން ކަމަށެވެ. އޭގެ އިތުރުން، އެއަރޕޯޓް ސަރވިސް ޗާރޖް (73.3 މިލިއަން ރުފިޔާ ނުވަތަ %5.5)، ގްރީން ޓެކްސް (70.4 މިލިއަން ރުފިޔާ ނުވަތަ %5.3)، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ (65.6 މިލިއަން ރުފިޔާ ނުވަތަ %5.0) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ހިމެނޭ ކަމަށެވެ.
މީގެ އިތުރުން މިއަހަރު މާރިޗު މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 62.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ.