twitterviber whatsapp telegramfacebookyoutube instagram
7th June 2026

ބީއެމްއެލްގެ “ވާއު ކިޑްސް ރަން” އަންނަ މަހު ބާއްވަނީ

Apr 19, 2017

ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން “ބީއެމްއެލް ވައު ކިޑްސް ރަން 2017” އަންނަ މޭމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މިދިޔަ އަހަރުން ފެށިގެން ތިންއަހަރުގެ މުއްދަތަކަށް މި ދުވުން ކުރިއަށް ގެންދިޔުމަށް، ޓީއެފްޖީ އާއި ވަނީ އެއްބަސްވެފައި ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

އެގޮތުން ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފާވައި މި ދުވުން ކުރިޔަށް ގެންދާނީ 3 އުމުރުފުރާއަކަށް ބަހާލައިގެން ނެވެ. އެއީ 3 އަހަރުން ފެށިގެން 9 އަހަރާ ދެމެދުގެ ކުޑަކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް ބައިވެރިވެވޭ ގޮތަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި މިއަހަރު މިދުވުމުގައި 600 ކުދިން އެކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފާ ވާއިރު މިއަދު މެންދުރު 12 އިން ފެށިގެން ޓީއެފްޖީ ވެބްސައިޓް މެދުވެރިކޮށް ނަންނޯޓު ކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި މެއި 12 ވަނަ ދުވަހުގެ ހެނދުނު 7:20 އިން ބީއެމްއެލް ހެޑް އޮފީސް ކުރިމަތިން ދުވުން ފެށުމަށް ހަމަޖެހިފައިވާއިރު ދުވުން ނިންމާނީ ރަސްފަންނު ސަރަހައްދަށް ކަމަށެވެ. އަދި ބީއެމްއެލް “ވައު ކިޑްސް ރަން” ނިންމުން ފާހަގަކުރުމަށް ރަސްފަންނު ސަރަހައްދުގައި ވަރަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355