twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫއިން ހިއްސާ ވިއްކަން ފަށަނީ

Apr 20, 2017

އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން އިއުލާންކޮށްފި އެވެ.

އުރީދޫގެ ހިއްސާ ގަތުމަށް އާންމުންނަށް ދައުވަތު ދިނުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ޕްރޮސްޕެކްޓަސް ރަސްމީކޮށް ތައާރަފްކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ގަވަރުނަރު ޑރ އަޒީމާ އާދަމްއެވެ.

އެކުންފުނިން މައުލޫމާތު ދިން ގޮތުގައި މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އުރީދޫ އިން ރާއްޖޭގެ ހިއްސާ ބާޒާރުގައި، އުރީދޫގެ ހިއްސާ ވިއްކުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އަދި ހިއްސާއެއް 30 ރުފިޔާއަށް ފުރަތަމަ ވިއްކަން ހުށަހަޅާފައިވަނީ ދޫކޮށްފައިވާ އާންމު ހިއްސާގެ 15 އިންސައްތަ ކަމުގައިވާ 22,170,060 ހިއްސާ ކަމަށެވެ. އަދި ތަރުހީބު ލިބޭވަރަކުން އެކުންފުނިން ދޫކޮށްފައިވާ އާންމު ހިއްސާގެ 40 އިންސައްތަ ކަމުގައިވާ 59,120,160 އާންމު ހިއްސާއާ ހަމައަށް އިތުރަށް ވިއްކުމަށް އުރީދޫ އިން ފުރުސަތުދޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫ ގުރޫޕުގެ ޗެއަރމަން، ޝައިޚް ޢަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްޘާނީ ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ހިއްސާ ބާޒާރުގައި ކުންފުނި ލިސްޓްވެ، ދިވެހި ރައްޔިތުންނާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ ޑިޖިޓަލް ޓެކްނޮލޮޖީތައް މެދުވެރިކޮށް މުޖުތަމައު ކުރިއެރުވައި އިންސާނީ ތަރައްޤީ ހާސިލްކުރުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355