ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމާ ގުޅޭ ޖޫރިމަނާގެ އިތުރުން، ނޮން ރެޖިސްޓަރޭޝަން އަދި ނޮން ކޮމްޕްލަޔަންސްއާ ގުޅިގެން އަރާފައިވާ ޖޫރިމަނާ ވެސް މާފުކޮށްދޭނެ ކަމަށް މީރާއިން ހާމަކޮށްފިއެވެ.
މީރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މި އުސޫލުގެ ދަށުން މާފުކޮށްދެނީ ބީ.ޕީ.ޓީ އަދި ޖީ.އެސް.ޓީއާ ގުޅޭގޮތުން، 31 މާރިޗު 2017ގެ ނިޔަލަށް އަދާކުރަންޖެހިފައިވާ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް ކަމަށެވެ.
އަދި 30 ޖޫން ގެ ކުރިން ޖޫރިމަނާ މާފުކޮށްދިނުމަށް އެދި ފޯމް ހުށަހަޅުމަށް މީރާއިން ވަނީ އެދިފައި އެވެ.