twitterviber whatsapp telegramfacebookyoutube instagram
7th November 2025

ދިރާގުން ސެމްސަންގް ގެލްކްސީ S8 އަދި +8S ގެ ޕްރީ ރެޖިސްޓާރ ކުރުމަށް ހުޅުވާލައިފި

Apr 22, 2017

ދިރާގުން ސެމްސަންގް ގެލްކްސީ S8 އަދި +8S ގެ ޕްރީ ރެޖިސްޓާރ ކުރުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލައިފި އެވެ.

ދިރާގުން ސެންމަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯން ސީރީޒް ކަމަށްވާ ސެމްސަންގް ގެލެކްސީ S8 އަދި ގެލެކްސީ +8S ދިރާގު ވެބްސައިޓް މެދުވެރިކޮށް ޕްރީ ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން އިންސްޓޯލްމެންޓަށް ފައިސާ ދައްކާގޮތަށް ފޯނުގަތުމުގެ ފުރުސަތު ދިރާގުން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

ސެމްސަންގް ގެލެކްސީ S8ދެ ކުލަޔަކުން ލިބެން ހުންނާނެއެވެ. އެއީ މިޑްނައިޓް ބްލެކް އަދި މޭޕަލްގޯލްޑްއެވެ. ސެމްސަންގް ގެލެކްސީ +8S ލިބެން ހުންނަ ކުލަތަކަކީ މިޑަނައިޓް ބްލެކް، މޭޕްލް ގޯލްޑް އަދި ކޮރަލް ބްލޫ އިންނެވެ.

ސެމްސަންގް ގެލެކްސީ S8އަދި +8S ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ދިރާގު ވެބްސައިޓް www.dhiraagu.com.mvމެދުވެރިކޮށް ޕްރީބުކް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގު މެދުވެރިކޮށް ފޯނު ބައްލަވައިގަންނަ ފަރާތްތަކަށް ހަމަސްދުވަހު ހިލޭ ޑޭޓާ ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355