twitterviber whatsapp telegramfacebookyoutube instagram
20th April 2024

މޫނުގަ ހުންނަ ކަޅު ލައްތައް ފިލުވާނެ ގޮތް މިއޮތީ

May 9, 2017

މޫނުގައި ކަޅު ލައް ނެގުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މޫނުގައި ލައް ނެގުމަށް ދިމާވަނީ އެކި ސަބަބުތަކާ ހުރެއެވެ.

އެގޮތުން އަވީގައި މާ ގިނައިރު އުޅުމުން، ވިޓަމިނެއް މަދުވުމުން، ރަނގަޅު ކާނާ ނުކެވުން އަދި ނިދި ހަމަނުވުން ފަދަ ސަބަބުތައް ހިމެނެއެވެ. އެހެންކަމުން ގޭގައި ހުރެގެން މޫނުގައި ހުންނަ ލައްތައް ފިލުވާލުމަށް މިއެއްޗެހި ބޭނުންކޮށްލާ ށެވެ.

ރީނދޫ

ރީނދުލަކީ ހަމުގެ އުޖާލާކަށް އިތުރުކޮށް، ބިހި ނެގުމުން ދުރުކޮށްދޭ މާއްދާއެކެވެ. 2 ސަމުސާ ރީނދުލަށް ކުޑަ ކިރު ކޮޅެއް އެޅުމަށްފަހު މޫނުގައި ހާކާށެވެ. އަދި 10 މިނެޓް ފަހުން ދޮވެލާށެވެ. ހަފްތާއަކު ދެ ފަހަރު ބޭނުން ކުރުމުން ލައްތަކުގެ ކުލަ މަޑުވެގެންދާނެ އެވެ.

ލުނބޯ

މިއީ ރީތިވުމަށް ތައްޔާރުކޮށްފައި ހުންނަ ގިނަ ޕްރޮޑަކްޓްސް ތަކުގައި އެންމެ ގިނައިން ބޭނުން ކުރާ އެކައްޗެކެވެ. ލުނބޯ ދިޔަ ކޮޅެއް ކަފަކޮޅެއްގައި ލައިފަ ލައްތަކުގައި އުނގުޅާށެވެ. އަދި 15-10 މިނެޓް ފަހުން ދޮވެލާށެވެ. ލުނބޯ ހޭކުން ރަނގަޅީ ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު އެވެ.

އެލޯވިރާ

އެލޯވިރާ އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިއީ ގޭތެރޭގައި އުފެދޭ ނުސާފުވައި ސާފުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ވެސް އެހާމެ ފައިދާ ހުރި ބޭނުންތަކެއް ހިފޭ ގަހެކެވެ. އެލޯވިލާ ފަތެއް ފަޅިކޮއްލާފަ އޭގައި އެކުލެވޭ ޖެލް މޫނުގައި އުގުޅުމަށްފަހު އިނގިލީގެ ކުރިން މަސާޖް ކޮށްލާށެވެ. ހަފްތާއަކު ދެފަހަރު އެލޯވިރާ އުގުޅުމުން ތަފާތު ފެނިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355