ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް ނަގައިގެން ކޮންމެ ހަފްތާއަކު މެކްބުކް ޕްރޯ އެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދޭ ކަމަށެވެ.
އަދި ފުރަތަމަ 2 މަހުގެ މަހުފީ އިން %25 ގެ ޑިސްކައުންޓެއް ވެސް ލިބިގެން ދާނެ ކަމަށާއި ކޮންމެ ހަފުތާއަކު ނަސީބުވެރި އެއްފަރާތަކަށް މެކްބުކް ޕްރޯ އެއް ލިބިގެން ދާނެ ކަމަށް ދިރާގުން މައުލޫމާދު ދެއެވެ.
އޭގެ އިތުރުން މިއީ ރޯދަ މަހާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށާއި ރޯދަމަހާއި ގުޅިގެން އިތުރު ޕްރޮމޯޝަން ތައް ކަސްޓަމަރުންނަށް ދިނުމަށް ރާވާފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.