twitterviber whatsapp telegramfacebookyoutube instagram
8th June 2025

ރޯދަ ބޮޑު ސޭލް މިރޭ ފަށަނީ، މުދާ އަގުހެޔޮވާނެ

May 3, 2017

އަފީފުއްދީން ސްކޫލުގެ ޕީޓީއޭ އިން އިސްނަގައިގެން ރޯދަ ބާޒާރުގެ ނަމުގައި މިރޭ ހުޅުވައި ބޮޑު ސޭލްގައި މުދާ އަގުހެޔޮވާނެކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި މިރޭ 8:15 ގައި ހުޅުވައި މިސޭލްގައި ބައިވެރިވި ވިޔަފާރިވެރިން ބުނީ އެތަންނަކު ހެޔޮއަގުގައި މުދާ ގަތުމަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ކޭއޯއާ ވާހަކަ ދެއްވި ވިޔަފާރިވެރިން ބުނީ މިތަނުން ހުރިހާ ބާވަތެއްގެ މުދާ އަގުހެޔޮކޮށް ހުންނާނެކަމަށެވެ. އެގޮތުން ބަދިގެ ސާމާނާއި ގޭގައި ހިފާގެންގުޅޭ ސާމާނާއި ސްޓޭޝަނަރީ އާއި ކުޑަކުދިންގެ ބައިސްކަލް، ސްކޫލް ދަބަސް އަދި އަންނައުނުވެސް ލިބެން ހުންނާނެ ކަމަށެވެ.

މި ސޭލް މިމަހު 5 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އިރު މި ސޭލްގައި 14 ފަރާތެއްގެ ސްޓޯލް ހިމެނެ އެވެ.

އެގޮތުން ސްކޫލް ހޯލުގެ އިތުރުން ކްލާސް ރޫމްތަކުގައިވެސް ސްޓޯލްތައް ހުންނާނެ އެވެ. އެގޮތުން މި ބާޒާރުގައި ފެންޓަގްރާމް، ބެސްޓްބަޑީ، ފޯމިކްސް، ރަންގަނޑު، ގޯލްޑްވޭ، އެމްއޯސީ، ޑެނިސް، ފެންޑާ، އެސްޓީއޯ، އާނިރު ހޯމްކެއާރ، ފަރިރީތި، ޓޫއެޗްޓޫ ގެ އިތުރުން ސިލްކްރޯސް އަދި ކާނިވަލް ރެސްޓޯރެންޓްގެ ކެންޓީނެއް ވެސް ހުޅުވިފައި ހުންނާނެވެ.

މި ބާޒާރު ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހަވީރު 04:15 ން 05:30 އަދި ރޭގަނޑު 08:30 ން 10:30 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355